Ad

އިނގެރޭސި ޕްރިމިއާ ލީގު: 12 އަހަރަށްފަހު ރޮނާލްޑޯ އެނބުރި އައިސް ސަޕޯޓަރުން ހެންވާލައިފި

ބާރަ އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ 2 ލަނޑު ކާމިޔާބުކޮށް ސަޕޯޓަރުން ހެންވާލައިފިއެވެ.

އިނގެރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުގެ ނަތީޖާއަކުންނެވެ. މެޗްގެ މެންޗެސްޓަރ ޔުނައިޑެޓްގެ ފުރަތަމަ 2 ގޯލް ކާމިޔާބުކުރީ ރޮނާލްޑޯއެވެ. 

މެޗުގައި އެންމެ ފުރަތަމަ ލަނޑު ރޮނާލްޑޯ ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެކްސިމިންގެ އެހީތެރިކަމާއެކު މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ހަވިއަރ މަންކިލޯ އެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގަައިދީފައެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަކުންނެވެ. އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޕޮގްބާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑް އެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *