Ad

މަސްއޫދަށް ހަމަލާދިން މީހާ ބަންދުން ދޫކޮށްލި މައްސަލަ ޕީޖީ އިން ހައިކޯޓަށް ހުށަހަޅައިފި.

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) ބަންދުން ދޫކޮށްލާފައި ވަނީ އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ކޯޓުން އަހުމަދު ސަމީމް ދޫކޮށްލާފައި ވާއިރު އޭނާ އަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދުގެ ލާމް އަތޮޅުގައި އޮތް ކާރުގައި ރޯކޮށްލި މައްސަލައިގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. ލާމް އަތޮޅުގައި ވެސް ފުޅާދާއިރާގައި ވިޔަފާރި ކުރާ މަސްއޫދު ކާރުގައި ރޯކޮށްލައި ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލުމުން ވެސް އާއްމުންގެ ފަރާތްތަކުން ވަނީ ސޯސަލް މީޑިޔާގައި ވަރަަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުރިން އާއްމްވެފައިވާ ވީޑިއޯ ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއާރު ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ.

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަނަވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *