Ad

ޔުއެފާ ޗެމްޕިއަންސް ލީގު: ސްވިޒަލޭންޑްގެ ޔަންގް ބޯއިސް އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއިސް އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ބޮޑު ލަދެއްގައި ބެދިއްޖެއެވެ.

ސްވިޒްލޭންޑްގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް 13 ވަނަ މިނެޓްގައި ޔުނައިޓަށް ކާމިޔާބުކޮށްދިބީ މިސީޒަންގައި އެޓީމާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންވެ.

މި މެޗުގައި ޔުނައިޓެޑަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަޔަކީ އެޓީމުގެ ޑިފެންޑަރު ވެން ބިސާކާއަށް ފުރަތަމަ ހާފުގައި ރަތްކާޑު ދެއްކުމުގެ ސަބަބުންނެވެ. 35 ވަނަ މިނެޓްގައި އޭނާއަށް ރަތްކާޑު ދެއްކީ ޔަންގްބޯއީސްގެ ކުޅުންތެރިއެއްގެ ފައިމައްޗަށް ފައިން އެރުމުގެ ސަބަބުންނެވެ.

ޔަންގް ބޯއިސް އިން ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނެޓުގައެވެ . ނިކޮލަސް މި ލަނޑު ކާމިޔާބުކުރިއިރު މެޗުން އެ ޓީމު މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިބެޗާއު އެވެ. މިއީ ޔުނައިޑެޓްގެ ލިންގާޑަށް ހެދުނު ގޯހެއްގެ ސަބަބުން ޖެހި ލަނޑެކެވެ.

ސްވިޒަލޭންޑުގެ ޔަންގް ބޯއިސް ކޮޅަށް ޖެހި ލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ކީޕަރު އިކާ ކަސިޔަސް އަދި ލިއޮނަލް މެސީ ހަދާފައިވާ ރެކޯޑަކާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަރާ ހަމަކޮށްފައެވެ.

2009 ގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ފުރަތަމަ މެޗެެއް ކުޅުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގައެވެ. ޕްރިމިއަރ ލީގުގައި ކުޅުނު އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހާފައިވެއެވެ. މިއީ ރޮނާލްޑޯގެ 2 ވަނަ މެޗެވެ. މި ގްރޫޕްގެ އަނެއްމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ. މިނަތީޖާއާއެކު ޔުނައިޓެޑް އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *