Ad

ސަރަހައްދީ ސަލާމަތާ ގުޅޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފި

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ފުޅާ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މި އެމްއޯޔޫގެ ދަށުން ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެމްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖެ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާ ނުލައި އަދާކުރެވޭނެއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން އައިއެމްއޯ އިން އެމްއާރްއައިޓީ ސިސްޓަމެއް ރައްޖޭގައި ގާއިމުކުރާނެއެވެ. މި ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *