Ad
ރާއްޖެއާ ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން/ ފޮޓޯ: ވަގުތު
ރާއްޖެއާ ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން/ ފޮޓޯ: ވަގުތު

ބަލިވިޔަސް ޓީމު ކުޅުނީ އުންމީދީ ކުޅުމެއް! އަދި ފުރުސަތު އެބައޮތް

ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗް 1-0 ނޭޕާލް ކާމިޔާބުކޮއްފިއެވެ.

މިއީ ނޭޕާލުން ދިވެހިރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް މިރޭގެ މެޗާއިއެކު ޖުމްލަ އަށް ފަހަރު ބައްދަލުކޮށްފައި ވެއެވެ. މީގެ ކުރިން ކުޅުނު ހަތް މެޗްގެ ތެރެއިން ފަސް މެޗުން ރާއްޖެ މޮޅުވިއިރު ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ.

މި މެޗްގައި ރާއްޖެއިން ވަރުގަދައަށް ކުޅެމުންދަނިކޮށް ފެޗްގެ ފަހު ކޮޅު ނޭޕާލުން ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ނޭޕާލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މަނީޝް ޑަންގީ އެވެ.

މި މެޗުން ބަލިވިޔަސް ރާއްޖެއަށް އަދި ފުރުޞަތު ގެއްލުނީކީ ނޫނެވެ. ރާއްޖެ ކުޅުނީ އުންމީދީ ކުޅުމެކެވެ. ބަލާލަން ރީތި ކުރު ޕާސިން ގޭމެކެވެ. މަދުވީ ހަމައެކަނި ގޯލެވެ. މިފަހަރުގެ މުބާރާތް މި ކުޅެނީ ކޮވިޑްގެ ސަބަބުންނާއި އެހެން ބައެއް ސަބަބުތަކަށްޓަކައިވެސް ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ހީނަރުވެފައިވާ ވަގުތެއްގައެވެ. ނަމަވެސް މިރޭގެ ކުޅުމުން ސަޕޯޓަރުންނަށް އުންމީދު ގެނެސްދޭނެއެވެ. ދިވެހިން ތިބީ ޤައުމީ ޓީމާއެކުގައި ކަން ގަލޮޅު ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ކުރި ސަޕޯޓުން ހާމަވެއެވެ. ސޯޝަލް މީޑިއާގައި ވާޅުކުރަމުންދާ ޝުއޫރުތަކުން ދިވެހިންގެ އުންމީދުތައް އެނގެއެވެ.  ދިވެހިންނަށް ކުރިއަށް އަދި ތިން މެޗް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *