Advertisement
BML Home 2nd Ad

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އާއިލާއަށް ފުލުހުން ދޮގު މައުލޫމާތު ދިންކަން ހާމަވެއްޖެ

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޢާއިލާ މީހަކު ގަދަކަމުން ޖިންސީ ޢަމަލު ހިންގައި އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފޮނުވި މައްސަލާގައި ދަޢުވާނުކޮށް ގިނަ ދުވަސްވާތީ، ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ކުއްޖާގެ މަންމަ އިރުވަރު ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ކުއްޖާއާމެދު ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވަނީ ޢާއިލާގެ މެމްބަރެއްކަމަށެެވެ. އަދި އެމައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހެޅުމުން ދަޢުވާކުރުމާމެދު ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. އެ ކުއްޖާގެ މަންމަ ބުނީ އެކަން ސާފު ކުރުމަށް، ފުލުހުންގެ ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ދިޔުމުން، 13 ސެޕްޓެމްބަރ 2021 ގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެހެން ނަމަވެސް، މިނޫހުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަދި އެ އޮފީހުގެ މީޑިއަރ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖާގެ މައްސަލާގައި ދަޢުވާކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ޕީޖީ އަށް މައްސަލަ ފޮނުވާފައިނުވާކަމަށެވެ.

ޢާއިލާގެ ފަރާތުން ބުނެފައިވަނީ 16 އަހަރުގެ ކުއްޖާއަށް ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވަނީ ކުއްޖާގެ ޅިޔަނުކަމަށާއި، އޭނާ ހުރީވެސް މިނިވަންކޮށްކަމަށާއި، އަދި ޢާއިލާގެ ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރިކަންވެސް އެނގޭތީ، އެކަން ފުލުހުންނަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދުރާލައި އެންގުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ. 16 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި ފުލުހުންގެ ތަޙްޤީޤަށް ކުއްޖާގެ މަންމަ ބަޔާން ދީފައިވާއިރު، މިއަދާ ހަމައަށްވެސް އެބަޔާނުގައި ސޮއިކުރުމަށް ފުލުހުން އެކުއްޖާގެ މަންމައަށް އަންގާފައި ނުވާކަމަށެވެ.

އިރުވަރު ނޫހަށް ޢާއިލާއިން މަޢުލޫމާތު ދީފައިވާގޮތުގައި، ފުލުހުންގެ ފަރާތުން ތަޙްޤީޤަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުންނުދާތީ އެކަމުގެ ޝަކުވާ ދެ ފަހަރަކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަމާބެހޭ ފޯމުން ހުށަހަޅާފައިވާނެކަމަށެވެ. އޭގެ ތެރެއިން ފަހު ފަހަރު، މައްސަލަ ތަޙްޤީޤުކުރާއި ކޭސް އައި. އޯ ބަދަލުކޮށްދިނުމަށްވެސް އެދިފައިވާނެކަމުގައި ޢާއިލާއިން ބުނެއެވެ. އާއިލާގެ ފަރާތުން ބުނީ މި މައްސަލައިގައި ފުލުހުންގެ ފަރާތުން ބުނެފައިވަނީ، މައްސަލަ ތަޙްޤީޤުކުރާ ކޭސް. އައި. އޯ ބަދަލުކުރާނަމަ އެކަން އެނގޭނީ ފުލުހުންނަށް ކަމަށާއި، އެއީ ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބެހޭ ކަމެއް ނޫން ކަމަށެވެ.

16 އަހަރުގެ ކުއްޖާގެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާތީ، ކުއްޖާގެ ޢާއިލާގެ ފަރާތުން އަންނަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށްވެސް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންކަމުގައި ޢާއިލާއިން މަޢުލޫމާތު ދެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. Bainal aqvaamee court ah husha halahigen vess haggu adhabu dheyn jehey. Noonee magumahchah thi bunaa meehaage vanavaru print koffa Alhaigen viyas muzaaharaa kohgen viyas Fiyavalhu Alhan jehey. Enme thankolheh vess dhoo nudheythi.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add