Ad

ރައީސް ޔާމީނު ސުޕްރީމްކޯޓަށް ހުށަހެޅި ގާޒީންގެ އޯޑިއޯތައް އަނބުރާ ގެންގޮއްސި!

ސުްޕްރީމްކޯޓަށް އަލަށް ހެކި ހުށަހަޅަނީ ދަށުކޯޓުގަ އާއި އަދި ހައިކޯޓްގައި ހުށަހަޅަން ނުލިބޭ، ކްރެޑިބަލް އަދި މައްސަލަ އާއި ގުޅުން ހުރި ހެކިތަކެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓްގައި ފުރަތަމައިނުންވެސް މައްސަލަބައްލަވާ ބެންޗްްގެ އިސް ފަނޑިޔާރު އަލްއުސްތާޒް މަހާޒް އަލީ ޒާހިރު ރައީސް ޔާމީނުގެ ވަކީލުންގެ އަރިހުން އެއްސެވީ ސުޕްރީމް ކޯޓަށް ހެކި ހުށަހެޅޭއިރު ހަމަވާން ޖެހޭ ޝަރުތުތަކަކީ ކޮބައިތޯއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވަކީލުން ތައްޔާރުނުވެ އެއްވެސް ދިރާސާއެއް ކޮށްފައި ނެތުމުން އެސުވާލުތަކަށް ޖަވާބެއް ނުދެވުނެވެ. އެންމެފަހުން ޖަވާބުވެސް ކިޔައިދެއްވީ ފަނޑިޔާރު މަހާޒްއެވެ. އަދި ދިރާސާކޮށް ތައްޔާރުވެގެން އައުމަށް ވަކީލުންނަށް ފަޑިޔާރު އެންގެވިއެވެ.

ކްރިމިނަލް ކޯޓްގެ ގާޒީންތަކެއްގެ އޯޑިއޯތަކޭ ބުނެ ސޯޝަލް މީޑިޔާގައި ލީކުވެ މީޑިއާ ތަކުގައި ރިޕޯޓް ކުރުމާއި އެކީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މިކަން ޕްރޮމޯޓް ކޮށް ހެދިއެވެ. އަދި ވަގުތުން ފުލުހުންނާ އަދި އިދާރާތަކަށް ހުށަހެޅިއެވެ. މިއޯޑިއޯތައް ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ފާއިތުވީ ސުޕްރީމްކޯޓް އަޑުއެހުންތަކުގައި ރައީސް ޔަމީނުގެ ވަކީލުންގެ ފެންވަރު ފެނުނީ ވަރަށް ދައްކޮށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ރައީސް ޔާމީނު އިރުއިރުކޮޅާ ތެދުވެ އަމިއްލަފުޅަށް ވަކާލާތު ކުރަން ޖެހެނީ ވަކީލުން ދެއްވާ ޖަވާބުތަކާއި މެދު ހިތްހަމަނުޖެހިގެންނެވެ. އެމަނިކުފާނު ދައްކަވާ ވާހަކަ ވެސް ވަކީލުންނަށް ވުރެ ހަރުދަނާވެފަ ގާނޫނީ ގޮތުންވެސް މޮޅެވެ.

އެމަނިކުފާނުގެ ވަކީލުން ޓީމުގައި ލޯޔަރު ޝާހު ފިޔަވާ ހަރުދަނާ ވާހަކަ ދައްކާ ލޯޔަރެއްނެތް ކަމަށް ޤާނީނީ ފަރާތްތަކުން ބުނެއެވެ. ގާނޫނީ ޓީމްގެ އިސް ވަކީލަކީ ރައީސް ޔާމީނުގެ ވެރިކަން ނިންމަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ޑރ. ޖަމީލެވެ. ޑރ ޖަމީލުގެ ބޭނުންފުޅަކީ 2023 ގެ ރިޔާސީ ޓިކެޓް ހޯދުން ކަމަށް ޕީޕީއެމްތެރެއިން އަޑުފެތުރިފައި ވެއެވެ. އެހެންވެ ޖަމީލުގެ ރޭވުންތެރިކަން ހުރީ ހައިކޯރޓްގައިވެސް އަދި ސުޕްރީމް ކޯޓުގައިވެސް އެތައް ބައިވަރު ނުކުތާތަކެއް ނަގައިގެން ޝަރީއަތުގައި މައްސަލަޔާ ނުގުޅޭ އެތައް ވާހަކަތަކެއް ދެއްކުމުގައި ވަގުތު ބޭކާރު ކޮށްލުން ކަމަށް ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކުން ބުނެއެވެ. އަޑުއަހާ މީހުނާ އަދި ފަނޑިޔާރުންވެސް ފޫހިކޮށްލުމެވެ. އެހެނީ ހައިކޯޓްގައިވެސް އަދި ސުޕްރީމް ކޯޓްގައިވެސް ރައީސް ޔާމީނުގެ ގެއްލުނު އަސާސީ ހައްގެއް އަދި ހަރުދަނާ އިޖުރާއީ ނުކުތާއެއް މިހާތަނަށް ލޯޔަރުންނަށް ފާހަގަ ކޮށްދެވިފާ ނެތެވެ. ޑރ. ޖަމީލު ގަސްތުގައި ރައީސް ޔާމީނުގެ ކޭސް ހައިކޯޓް އަދި ސުޕްރީމް ކޯޓުގައި ބަލިވާން ދޫކޮށްލީ ކަމަށް ޕީޕީއެމްގެ ތެރެއިންވެސް ތުހުމަތު ކުރެއެވެ. އެއީ އެނޫން ގޮތަކަށް ޕީޕީއެމް ޓިކެޓް ޑރ ޖަމީލަށް ލިބޭނެ ގޮތެއްނެތުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކޮންމެއަކަސް ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށައެޅި ލީކުވީ ގާޒީންގެ އޯޑިއޯތައް ކަމަށް ބުނާ ހެކިތަށް އަނބުރާ ނެންގެވީ އެވެ. އެހެނީ އެ އޯޑިއޯތަކާ ބެހޭގޮތުން ދައުލަތާ އަދި ފަނޑިޔާރުން ކުރިމަތިކުރުވާ ސުވާލުތަކަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމަށް ޖަވާބު ނުދެވޭނެކަން ހުދު ރައީސް ޔާމީނު ގަބޫލުކުރައްވާތީކަމަށް ޤާނީނީ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. މީ ކާކުހިންގާ ދެއުޅި އެއްނުވާ އިރުވަރެއް! ފައްކާ މަރުމޯކުންގެ ކޮހެއް ހިންގާ ޕްރޮޕެގެންޑާއެއް މީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *