Ad

އެމްއާރުއެމް ގެ ރައީސް ފާރިސް މައުމޫން އަލަތު ކައިވެނި ރޫޅާލައިފި!

ރައީސްް މައުމޫންގެ އެންމެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫން އެމަނިކުފާނުގެ 25 ހަކަށް އަހަރުވީ އަލަތު ކައިވެނި ރޫޅާލައިފިއެވެ. މިކަން މިނޫހަށް ވަނީ ކަށަވަރުވެފައެވެ. އަދި މިކައިވެނި ދެމަފިރިން އެއްބަސްވެގެން ރޫޅާލީ ކޯޓުންނެވެ. އަދި ކޯޓްގެ ހުރިހާކަމެއްވެސް ނިމިފައިވާކަމަށް ވެސް ހަބަރުލިބެއެވެ. ފާރިސް މައުމޫން ކައިވެނި ބައްލަވައިގެން އުޅުއްވީ ލީޝިއާ ވަކިވީ ދެބޭފުޅުންވެސް އެއްބަސްވެގެންނެވެ. މިދެބޭފުޅުންގެ ކައިވެންޔަށް ކުއްޖަކުވެސް ލިބިފައިވެއެވެ.

ކުއްލިގޮތަކަށް ކައިވެނި ރޫޅާލުމަށް ފަހު ފާރިސް މިވަނީ އެމްއާރުއެމްގެ ރައީސް ކަމާ ހަވާލުވެފައެވެ. ރައީސް މައުމޫން އަދި ނަސްރީނާގެ ދިގު ކައިވެންޔާ ހިލާފަށް ފާރިސް މިހާދުވަހު އެކުގައި އުޅެފައި އެކައިވެނި ކުރުކޮށްލީ ކީއްވެކަމެއް ނޭންގެއެވެ. ރައީސް މައުމޫން އެންމެ އިސްކަންދެނީ ފާރިސް އަށް ސިޔާސީ ކުރިމަގެއް ހޯދާ ދެވޭތޯއެވެ. އެގޮތުން އެމްއާރުއެމްގެ ރައީސް ކަންވެސް މިވަނީ ފާރިސް އަށް ދެއްވާފައެވެ.

ރައީސް ޔާމީނާއި ރައީސް މައުމޫން މައްސަލަ ޖެހިފައިވަނީ ފާރިސް އަށް ރައީސް މައުމޫން ޕީޕީއެމްގެ ޓިކެޓްގައި 2018 ދޭން އުޅުމުން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޣައްސާންވެސް ކައިވެނި ރޫޅާލާފައި ދެވަނަ އަންބެއް. ޔުމްނާ ވެސް ދެވަނަ ކައިވެނި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *