Ad

ސްޕެއިން ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދައިފި

ސްޕެއިން ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދައިފިއެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފްރާންސުން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުން ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް 64 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންއެވެ. ސާޖިއޯ ބުސްކެޓްސްގެ އެހީތެރިކަމާއެކު މި ގޯލް ކާމިޔާބުކުރީ އޮޔަޒަބާލް އެވެ. މި ގޯލަށްފަހު ފްރާންސުން ވަނީ ކުޅުން ވަރުގަދަކޮށް ހަމަލާތައް އުފައްދަން ފަށާފައެވެ. ސްޕެއިނުން ގޯލްޖެހިތާ ދެ މިނެޓްފަހުން ފްރާންސްގެ ކަރީމް ބެންޒެމާ ގޯލްޖަހާ އެއްވަރުކޮށްފައެވެ. މި ގޯލަކީ އެމްބާޕޭގެ އެހީތެރިކަމާއެކު ބެންޒީމާ ޖެހި މޮޅު ގޯލެކެވެ. މެޗްގެ 80 ވަނަ މިނެޓްގައި ފްރާންސް މޮޅުކޮށްދިން ގޯލް ޖެހީ މި މެޗްގައި މޮޅު ކުޅުމެއްދެއްކި އެމްބާޕޭއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދިއިރު 3 ވަނަ ހޮވި މެޗްވެސް މިރޭ ވަނީ ކުޅެފައެވެ. ބެލްޖިއަމް ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ހޯދީ އިޓަލީ އެވެ.

ޔުއެފާ ނޭޝަންސް ލީގަކީ 2018 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން ހޯދާފައިވަނީ ޕޯޗްގަލްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *