Ad

ހައިކޯޓު އަމުރަށް ޗެލެންޖްކުރި މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެއްޖެ.

ދިވެހި ރާއްޖޭގެހައިކޯޓު އަމުރަށް ޗެލެންޖްކުރި މެޖިސްޓްރޭޓަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަށް ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަތީ ކޯޓުގެ އަމުރުތަކަށް ދަށުކޯޓްތަކުގެ ފަޑިޔާރުންނަށް ޗެލެންޖް ކުރެވިގެންނުވާނެ ކަމަށެވެ. އަދި ޖިނާއީ އަދުލްގެ ނިޒާމް ގަޑުބަޑު  ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާން ވިދާޅުވެފައި ވެއެވެ.

"މިހާ ސާފު މައްސަލައެއްގައި މަތީ ކޯޓެއްގެ ހުކުމަށް މިބީދައިން ދަށުކޯޓެއްގެ ފަޑިޔާރަކަށް ޗެލެންޖް ކުރެވިގެން ނުވާނެ. ޖިނާއީ އަދުލްގެ ނިޒާމް ގަޑުބަޑު ކުރުމުގެ ފުރުސަތު މިގޮތަށް ދެވިގެންނުވާނެ. މިމައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބައްލަވާ ފިޔަވަޅު އަޅުއްވަން ޖެހޭ." ޖޭއެސްސީ އާއި ރައީސް އޮފީސް ޓެކް ކުރައްވާ މުހުތާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ކުރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހުތާޒް ޓުވީޓް ކުރައްވާފައި މިވަނީ ދިޓީވީ މަސްއޫދަށް ހަމަލާދިން މީހާ ދޫކޮށްލި މައްސަލާގައި ހައިކޯޓުން ކޮށްފައިވާ އަމުރުގެ ރޫހާއި ހިލާފަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމެއް ކޮށްފައި ވަނިކޮށެވެ.

މަަސްއޫދަށް ހަމަލާދިން މީހާ ދޫކޮށްލަން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށް، ހައިކޯޓުން ހުކުމް ކުރުމުން އެހުކުމާއި އެއްގޮތަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އެމީހާ ސަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގައި އެދިފަ އެވެ. އެހެންނަމަވެސް ފޮނަދޫ ކޯޓުން ވަނީ ހައިކޯޓުގެ އަމުރުގެ ރޫހާއި ހިލާފަށް އަނެއްކާ ވެސް އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *