Ad

ސަލާހުގެ ހެޓްރިކާއެކު ލިވަޕޫލުން މެންޗެސްޓަރ ޔުނައިޑެޓް ކޮޅަށް 5 ލަނޑު ޖަހައިފި

އިންލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި ކުރި މެޗް ސަޕޯޓަރުން ކުރިމަތީ ޔުނައިޓެޑް ލަދުގަންނަވާލައިފިއެވެ.

ލިވަޕޫލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މި މެޗް އެޓީމުން ކާމިޔާބުކުރީ 5 ލަނޑު ސުން ލަނޑުންނެވެ. މިމެޗްގެ ތަރިއަކީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިސްރުގެ މުޙައްމަދު ސަލާހެވެ. އޭނާ މި މެޗްގައި 3 ގޯލްޖަހާ އެހެން ގޯލެއް ޖަހަން ފުރުޞަތު ތަނަވަސް ކޮށްދިނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން 4 ލަނޑު ޖެހިއެވެ. މިއީ ޔުނައިޓެޑްގެ ތާރީހުގައި ވެސް މިހާ ދަށްކޮށް ލީގުގެ މެޗެއްގެ ފުރަތަމަ ހާފު ނިންމާލި ފުރަތަމަ ފަހަރެވެ. ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓުގައި ޖެހީ ނަބީ ކެއިޓާއެވެ. މިއީ ސަލާހު ތަނަވަސްކޮށްދިން ފުރުޞަތެކެވެ. މެޗްގެ ދެވަނަ ގޯލް 13 ވަނަ މިނެޓްގައި އާނޯލްޑް ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހީ ޑިއެގޯ ޖޮޓާއެވެ.

މެޗްގެ 38 ވަނަ މިނެޓްގައި 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މި ލަނޑާއެކު ސަލާހު ވަނީ ޖެހިޖެހިގެން ލިވަޕޫލް ކުޅުނު ދިހަ މެޗުގައިވެސް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ސަލާހު ކާމިޔާބުކުރީ  ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ.

ސަލާހް ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ

ދެވަނަ ހާފު ފަށައިގެން މާ ގިނައިރު ތަކެއް ނުވަނީސް ލިވަޕޫލަށް 5 ވަނަ ލަނޑު ކާމިޔާބުކޮށްދީ ސަލާހްގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ހެންޑަސަން ދިން ބޯޅައަކުން މި ގޯލް ޖެހީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓްގައެވެ. މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ ފަރާތުން ރީތި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ޔުނައިޑެޓްގެ ކުޅުންތެރިން ވަނީ ނުރައްކާތެރި ފައުލްތަކެއް ކޮށްފައެވެ. މެޗްގެ 60 ވަނަ މިނެޓްގައި ކެއިޓާއަށް ކުރި ނުރައްކާތެރި ފައުލަކަށް ޕޮގްބާއަށް ވަނީ ރައްކާޑު ދައްކާ ފޮނުވާލާފައެވެ. ކެއިޓާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ފުރަތަމަ ޕޮގްބާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ރީނދޫ ކާޑުގެ ނިންމުން ކެންސަލްކޮށް، ޕޮގްބާ އަށް ސީދާ ރަތެއް ދައްކައިފަ އެވެ. މި ފައުލާ ގުޅިގެން ކެއިޓާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެއިތުރުން ޔުނައިޑެޓްގެ 6 ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކިއެވެ. މީގެތެރޭގައި ރޮނާލްޑޯއާ ބުރޫނޯ ފެނާންޑޭސް ހިމެނެއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލުން ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހަަމަކޮށްފަ އެވެ. ތިން ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ޔުނައިޑެޓް އޮތީ ނުވަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު ތާވަލްގެ 7 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *