Ad

ހައިކޯޓަށް ގޮަންޖަހާ ކުރި ހުކުމް ބާތިލްކޮށް، މަސްއޫދަށް ހަމަލާދިން މީހާ ބަންދުކޮށްފި.

ކާރުގައި ރޯކޮށްލި މައްސަލަ ވެސް ވަނީ އަހުމަދު ސަމީމްގެ މައްޗައް ދައުވާ ކުރުމަށް ޑިއުޓީ ޕްރެސެކިއުޝަންގެ މަރުހަލާގައި

ކުރީގެ މީޑިޔާ ކައުންސިލްގެ މެމްބަރު އަދި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ދޫކޮށްލުމަށް ހައިކޯޓުގެ އަމުރާ ހިލާފަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންކުރި ހުކުމް ބާތިލްކޮށް، މީހާ ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުންގެ ތިން ފަޑިޔާރުންގެ ބެންޗަކުން ބެލި މިމައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އަހުމަދު ސަމީމްގެ މައްޗައް ހިންގަމުންދާ ސަރީއަތް ނިމެންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް، މައްސަލަ ބެލި ފަޑިޔާރުންގެ އިއްތިފާގުން މައްސަލަ ނިންމީ ކަމަށެވެ.

ހައިކޯޓު ފަޑިޔާރު ސުވައިބް އަބުދުލް ރަހްމާން އިސްފަޑިޔާރުކަން ކުރެެއްވި ހުކުމުގައި ބުނެފައި ވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ހުކުމަކީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 143  ވަނަ މާއްދާގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާއި ހިލާފަށް ކޮށްފައިވާ ހުކުމެއްކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު ހުކުމުގައި ބުނެފައި ވަނީ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކުރަން ޖެހެނީ ހަމަލާދިން އަމަލް އޭނާ ހިންގާފައިވާ ގޮތާއި މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރާ އިރު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަގެ ސަލާމަތަށް ނުރައްކަލެެއް ކުރިމަތި ވެދާނެތީ އެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ އަނެއްކާ ވެސް މިފަދަ ކުށެއް ތަކުރާރު ވެދާނެ ފުރުސަތު އޮތުމުންނެވެ.

މިމައްސަލާގައި ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ މިމައްސަލާގައި ހައްޔަރުކުރި ލ. ފޮނަދޫ ދިލްކުސާގޭ، އަހުމަދު ސަމީމް އަކީ ކުރިން މިފަދަ މައްސަލައެއް ތުހުމަތު ކުރެވި ތަހްގީގް ކުރެވުމުންދާ ކަމަށާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިރު މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެމައްސަލާގައި ވެސް ފުލުހުން ވަނީ އަހުމަދު ސަމީމްގެ ފޯނު ހިފަހައްޓާފަ އެވެ. މިހާރު މިމައްސަލަ ވެސް އޮތީ އަހުމަދު ސަމީމްގެ މައްޗައް ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގަ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *