Ad

ސީޒަންގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން އަތުން ބަލިވެ ސީޒަންގައި ފުރަތަމަ ފަހަށް ބަލިވެއްޖެއެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 3-2 ލަނޑުންނެވެ. މިމެޗާ ކުރިމަތިލި އިރު ލިވަޕޫލަކީ މި ސީޒަންގައި ބަލިނުވެއޮތް ހަމައެކަނި އިނގިރޭސި ޓީމެވެ. މިމެޗުން އެޓީމު ބަލިވީ 25 މެޗް ބަލިނުވެ އޮތުމަށްފަހު އެވެ. މި މެޗުން ލިވަޕޫލް، ބަލިނުވި ނަމަ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަލިނުވެ 26 މެޗު ހަމަކޮށް ރެކޯޑެއް ގާއިމްކުރުމުގެ ފުރުސަތު އޮތެވެ.

މެޗްގެ ފުރަތަމަ ގޯލަކީ 4 ނަމަ މިނެޓްގައި ލިވަޕޫލްގެ ގޯލްކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ވެސްޓްހޭމް އިން ނެގި ކޯނަރެއް ކީޕަރު އެލިސަން ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. އެލިސަން ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ވެސްޓް ހޭމްގެ ޑިފެންޑަރު އެންޖެލޯ އޮގްބޯނާ އާއި ފޯވާޑު މިކޭލް އެންޓޯނިއޯ ފައުލުކުރި ކަމަށް ބުނެ އެލިސަން ވަރަށް މައްސަލަ ޖެއްސިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ގޯލު ބަލައިގަންނާށެެވެ.

މެޗުގެ 41 ވަަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑެވެ. މިއީ ހިލޭ ޖެހުމަކުން އޭނާ ޖެހި ގޯލެކެވެ.

މެޗްގެ 67 ވަނަ މިނެޓްގައި ވެސްޓް ހޭމުން އަލުން ލީޑުނެގިއެވެ. މި ގޯލު ޖެހީ ފޯނާލްސް އެވެ. އަދި އެޓީމުގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި ޖެހީ ޑިފެންޑަރު ކާޓް ޒޫމާ އެވެ.

ލިވަޕޫލްގެ ދެ ވަަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅެފައިވާއިރު 1 ވަނައިގައި އޮތީ 26 ޕޮއިންޓާއެކު ޗެލްސީއެވެ.  ދެ ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އެވެ. 23 ޕޮއިންޓާއެކު ވެސްޓް ހޭމް 3 ވަނައިގައި އޮތް އިރު 22 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 4 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *