Ad
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ

ކުޑަ އަންހެން ކުއްޖާ ރަހީނުކުރީ އާއިލާ މީހަކު ދޭންޖެހޭ ފައިސާ ނުދީގެން

މިދިޔަ ހޯމަ ދުވަހުގެރޭ ހުޅުމާލޭގައި 13 އަހަރުގެ ކުއްޖާ ރަހީނުކުރީ އޭނާގެ އާއިލާ މީހަކު ދޭންޖެހޭ ފައިސާ ނުދީގެން އެއާއިލާއަށް ބިރުދެއްކުމުގެ ގޮތުން ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިމައްސަލަ ހޯމަ ދުވަހުގެރޭ އެންމެ ފުރަތަމަ ހުށައަޅާފައިވަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އެނގިފައިވާގޮތުގައި މައްސަލަ ހުށައަޅާފައިވަނީ އެ ކުއްޖާގެ ދައްތައާއި އިތުރު މީހަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގޮހެވެ. މަޢުލޫމާތު އެނގޭ މީހަކު އިރުވަރު ނޫހަށް މަޢުލޫމާތުދެމުން ބުނީ 4 މީހުންގެ ގްރޫޕަކުން ކުއްޖާ "ރަހީނުކޮށް" އެކަން އާއިލާއަށް އެންގީ އެ ކުއްޖާގެ ފޯނުން އެމީހުންނެވެ. އަދި ކުއްޖާ ފެނުމާ ހަމައަށް އެމީހުން ދިޔައީ އެ ކުއްޖާގެ ފޯނުން އާއިލާއަށް މެސެޖް ކުރަމުން ކަމަށެވެ.

"4 މީހުންގެ ގުރޫޕަކުން އެކުއްޖާ ފުރަތަމަ އެރުވީ ކާރަކަށް. ކާރަށް އަރުވައިގެން ގެންދިޔައީ އެޕާޓްމަންޓަކަށް. އެޕާޓްމަންޓަށް ގެންދިއުމަށްފަހު އެއާއިލާއިން ދޭންޖެހޭ ކަމަށް ބުނާ ފައިސާ ހޯދަން މެސެޖްކުރީ. ނަމަވެސް އެމީހުންގެ ފަރާތުން އެކުއްޖާއަށް އެއްވެސް ގޯނާއެއް ކުރިކަމުގެ މަޢުލޫމާތެއް ނުލިބޭ. ފުލުހުން އެކުއްޖާ ހޯދީކީ ނޫން. އެމީހުން އެ ކުއްޖާ ދޫކޮށްލީ އެމީހުން ބޭނުންވާ މެސެޖް ދިނުމަށްފަހު". މަޢުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ނަމަވެސް އެމީހުން އެކުއްޖާ ދޫކޮށްލީ އެމީހުން ޑިމާންޑް ކުރިކަންތައް ފުރިހަމަވުމުން ކަމެއް ނުވަތަ ކިހިނެއްކަމެއް ސާފު ނުވާކަމަށް އޭނާ ބުންޏެވެ. ކުއްޖާގެ ރަހީނުކޮށް އެކުއްޖާ ފޯނުން މެސެޖްކުރަމުން ދިޔައިރު އެ ނަމްބަރު ފުލުހުންނަށް ލޮކޭޓް ކުރެވިފައިވައި ނުވާކަމަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ. އަދި މިމައްސަލަ ފުލުހުން އެހާ ސީރިއަސްކޮށް ނެގިކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މީޑިއާތަކަށް ވިދާޅުވީ، 13 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ތަނަކަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *