Ad
ދަސ
ދދ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ނައިބު ރައީސް ތޮލާލް އެޖަމިއްޔާގެ ރަސްމީ ގުރޫޕްތަކުގައި ޕީޕީއެމްގެ "އިންޑިއާ އައުޓް" ކެންޕޭން ހިންގަނީ !

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ތޮލާލް އެޖަމިއްޔާގެ ރަސްމީ ވަޓްސްއެޕް ގުރޫޕް ތަކުގައި ޕީޕީއެމްގެ "އިންޑިއާ އައުޓް" ކެމްޕޭން ފަރަށް ފާޅުގައި ހިންގަވަނީ އެވެ. މިގޮތަށް ސިޔާސީ ކެންޕޭން އޮލްިމްޕިކް ކޮމިޓީގެ ރަސްމީ މުއާމަލާތްކުރާ ވަސީލަތްތަކުގައި ހިންގުމަކީ ދުނިޔޭގެ އޮލިމްޕިކް ކޮމިޓީން ވެސް އަދި ރާއްޖޭގެ އޮލިމްޕިކް ގާނޫނު ތަކުންނާ ގަވައިއިދު ތަކުންވެސް މަނާ ކަމެކެވެ.

އެޖަމިއްޖާގައި މަސައްކަތްކުރާ ފަރާތަކުން އިރުވަރަށް ނޫހަށް ފޮނުވާފައިވާ ސްކްރީންޝޮޓް ގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ގުޅިފައިވާ ކުޅިވަރު ޖަމިއްޔާތަކުގެ ރަސްމީ ވަޓްސްއެޕް ގުރޫޕްގައި އިންޑިއާއައުޓް ކެމްޕޭން ގައި ބައިވެރިވެލެއްވުމަށް ތޮލާލް ވަނީ ގޮވާލާފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަކީވެސް ތޮލާލް އެވެ. މިހާވަރަށް ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީ ސިޔާސީ ވީތަނެއް މިޖަމިއްޔާގެ ދިގު ތާރީހުގައިވެސް ފެންނަން ނެތް ކަމަށްބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ފާޑުކިޔަމުންނެވެ. ތޮލާލް ވަރަށް ފާޅުގައި މިކަން ކުރާއިރު މިކަމާ އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ. އޮލިމްޕިކް ކޮމިޓީ އަކީ ދައުލަތުން ފައިސާ ދީގެން ހިންގާ މިނިވަން ޖަމިއްޔާއެކެވެ. އެއީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ކުޅިވަރު ކުރިއަރުވާން މަސަތްކަތް ކުރަން ހަދާފައިވާ ޒަމާންވީ ގަދީމީ އަދި އިހްތިރާމް ލިބިގެންވާ ޖަމިއްޔާއެކެވެ. ނަމަވެސް މިއަދުގެ އޮލިމްޕިކް ކޮމިޓީގެ ލީޑަޝިޕް އިން މިވަނީ އޮލިމްޕިކް ކޮމިޓީ ސިޔާސީ ކޮށްފައެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބުރައީސް ކަމާ އަދި ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް ކަމުގެ އިތުރުން ތޮލާލް އަކީ ރާއްޖޭގެ އެތުލެޓިކް އެސޯސިއޭޝަންގެ ރައީސް ވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *