Ad

ރަނގަޅު ފޯމެއްގައި އޮތް އާސެނަލް ކޮޅަށް ލިވަޕޫލުން 4 ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ އާސެނަލް ބައްދަލުކުރި މެޗް 4 ލަނޑު 0 ލަނޑުން ލިވަޕޫލް ކާމިޔާބުކޮއްފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗާ ކުރިމަތިލިއިރު އާސެނަލް އޮތީ ރަނގަޅު ފޯމެއްގައެވެ. މިމެޗާ ކުރިމަތިލިއިރު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ ދަނޑުގައި އާސެނަލް އެންމެ ފަހުން މޮޅުވީ 2012 ވަނަ އަހަރުއެވެ.

މެޗްގެ ފުރަތަމަ ގޯލް 39 ވަނަ މިނެޓްގައި ޖެހީ މާނޭއެވެ. މިއީ ޑިފެންޑަރު އާނޯލްޑް ހިލޭޖެހުމަކުން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުން މާނޭ ޖެހި ގޯލެކެވެ. މިއީ އާސެނަލް ކޮޅަށް މާނޭ ޖެހި އަށް ވަނަ ގޯލެވެ. މެޗްގެ 52 ވަނަ މިނެޓްގައި ލިވަޕޫލްގެ 2 ވަނަ ގޯލް ޖެހީ ޑިއެގޯ ޖޮޓާއެވެ. މިއީ އާސެނަލްގެ ނޫނޯ ޓަވާރޭސް ހެދި ގޯހެއްގެ ފައިދާނަގައި ޖޮޓާ ޖެހި ގޯލެކެވެ. އޭނާ މި ގޯލް ޖެހީ އާސެނަލްގެ ޑިފެންޑަރު ބެން ވައިޓާއި ކީޕަރު ރާމްސްޑޭލް ނައްޓާފައެވެ. ލިވަޕޫލްގެ 3 ވަނަ ގޯލް 73 ވަނަ މިނެޓްގައި ކާމިޔާބުކުރީ ރަނގަޅު ފޯމެއްގައި ހުރި ސަލާހެވެ. މިއީ މާނޭގެ އެހީތެރިކަމާއެކު ޖެހި ގޯލެކެވެ. މެޗްގެ ފަހު ގޯލް ކާމިޔާބުކުރީ ޖޮޓާގެ ބަދަލުގައި ކުޅެން އެރި ޖަޕާނުގެ ޓަކޫމީ މިނަމީނޯއެވެ. މިއީ އާނޯލްޑް ހުސްކޮށްލާފައި ދިން ބޯޅައަކުން މިނަމީނޯ ޖެހި ގޯލެކެވެ. މިއީ އާނޯލްޑް ހެދި 50 ވަނަ އެސިސްޓެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ޗެލްސީއެޗެ. އެއީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 12 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އޮތީ 3 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *