Ad

ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ލީގުގެ 1 ވަނަ އާއި ޕޮއިންޓަކާ ގާތަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ޕޮއިންޓަކާއި ގާތަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 0-4 ގެ ނަތީޖާއަކުންނެވެ

މި މެޗު ފަށައިގެން 2 ވަނަ މިނެޓުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮބަޓްސަންގެ އެހީތެރިކަމާއެކު ޖޮޓާއެވެ. މިއީ މި ފަހަރުގެ ޕްރިމިއާ ލީގުގައި ފެނުނު އެންމެ އަވަސް ލަނޑެއެވެ. މެޗްގެ 2 ވަނަ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބުކުރީވެސް ޖޮޓާއެވެ. މިއީ ސަލާހުގެ އެހީތެރިކަމާއެކު ޖޮޓާ ޖެހި ގޯލެކެވެ. މޮޅު ކުޅުމެއް ދައްކަމުން ދިޔަ ލިވަޕޫލްގެ 3 ވަނަ ލަނޑު ޖެހީ 37 ވަނަ މިނެޓްގައި ތިއާގޯ އަލްކަންޓާރާއެވެ. މެޗުގެ 4 ވަނަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސައުތަމްޓަންގެ ކުރީގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ.

ސައުތެމްޓަން އަތުން ހޯދި ބޮޑު މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައި، ތާވަލްގެ 1 ވަނައިގައި އޮތް ޗެލްސީއާ ޕޮއިންތަކާ ގާތަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *