Ad

ބްލެކްމެއިލްކޮށް ފައިސާ އަތުލުމުގެ އެތައް މައްސަލައެއް!

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފައިސާ އަތުލަމުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ހުށަހެޅެމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިފަދަ މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސްނެޕްޗެޓާއި، ޓެލެގްރާމާއި، ވައިބާ ފަދަ އެޕްލިކޭޝަންތަކުން އެކި މީހުންނާއި ވާހަކަ ދައްކައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް އެމީހުން ބްލެކްމެއިލްކޮށް ފައިސާ އަތުލަމުންދާކަމަށެވެ.

ފުލުހުންގެ މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޗެޓްކޮށް ވާހަކަ ދައްކައިގެން މީހުން ގެސްޓްހައުސްތަކަށް ގެންގޮސް ފައިސާ ފޭރުމުގައި އަންހެނުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.

"މިބާވަތުގެ މައްސަލަތަކުގައި އާއްމުގޮތެއްގައި މިކަން ހިނގަން މެދުވެރިވަނީ ތަފާތު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެން، އެކި އުމުރުފުރާގެ އަންހެން ކުދިން ވެސް ބޭނުން ކޮށްގެން ޗެޓް ކުރުމަށް ފަހުގައި ބައްދަލުކުރުމަށް ކަމަށް ބުނެ ގެސްޓްހައުސްތަކަށާއި އެހެނިހެން ތަންތަނަށް ވިކްޓިމައިސްވާ ފަރާތްތައް ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، އެފަރާތްތަކަށް ބިރުދައްކައި، ވިކްޓިމައިޒްވާ ފަރާތްތައް ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ކުރުމަށްފަހުގައި އެފަރާތްތަކުގެ އަތުން ފައިސާ އާއި މޯބައިލް ފޯނާއި އަގުބޮޑުތަކެތި ފޭރިގެންކަން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހްގީގުތަކަށް ފާހަގަ ކުރެވޭ." ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.

ބްލެކްމެއިލް ބިރުދެއްކުމުގެ މިފަދަ އެެތައް މައްސަލައެއް ރިޕޯޓްނުކޮށް ހުރުން އެކަށީގެންވާކަމަށާއި ނަމަވެސް މިފަދަ މައްސަލައެެއް ދިމާވެއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން ރިޕޯޓްކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *