Ad

ކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި

މަސްވެރިންގެ ޝުއޫރު ފާޅުކުރުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި ކަނޑުމަތީގެ އިހުތިޖާޖުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ޝުޢޫރު ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންފައިވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ކ.ގާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮވިޑްގެ ސަބަބުން މިދިޔަ ދެއަހަރު ރާއްޖޭގެ އިޤްތިސާފދު ހުއްޓުނު ވަގުތު އިޤްތިޞަދު ނަގާ ކޮޅަށްޖެހީ ދިވެހި މަސްވެރިން ކަމަށެވެ. އެހާލަތުގައި ހިންދެމިލުމުގެ ފުރުޞަތު ލިބުނީ މަސްވެރިން ނިކުމެ ކުރި ބުރަ މަސައްކަތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންގެ ޝުޢޫރުތަކާ އެއްގޮތަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތަކާއި ދިގު މުއްދަތަކަށް ކުރެވެއްހުރި ކަންތައް ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާޟިރުގައި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތުން ޝުޢޫރު ފާޅުކޮށްފައެވެ. މިގޮތުން ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމާއި، މަސްވެރިން ހަމަހަމަ ކުރުމާއި، މިފްކޯއަށް ވަގުތުން ވަގުތަށް ބޮޑުކަންނެލި ގަނެ ބޭރުކުރަން ޖެހޭކަމަށް ކަންނެލި މަސްވެރިން ވަނީ ބުނެފައެވެ. އަދި މަސްވެރިންގެ މެދުގައި އޮތް ތަފާތުކުރުން ނިމުމަކަށް ގެނައުމަށްޓަކައިވެސް މިކަން ކުރަން ޖެހޭޖެހޭކަމަށް ކަންނެލި މަސްވެރިން ވަނީ ބުނެފައެވެ. އަދި ކަންނެލި ގަންނަ ކުންފުނިތަކުން ހަމައެކަނި ވަގުތީ ފައިދާއަށް އިސްކަން ދިނުމުގެ ބަދަލުގައި މުޅި ސިނާއަތުގެ މަސްލަހަތާއި ދެމެހެއްޓެނިވި މަސްވެރިކަމަކަށް އިސްކަން ދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ޓޫރިޒަމާ އެއްވަރަށް މަސްވެރިކަންވެސް އިޝްރިހާރުކޮށްދިނުން ފަދަ ކަންތަކަށް ކަންނެލި މަސްވެރިން ވަނީ ގޮވާލާފައެވެ. އަދި އެންވެރިކަމާއި މަސްވެރިކަމަށް ގެއްލުންވާ ފަދަ ޕްރޮޖެކްޓްތައް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *