Ad

އެއްވެސް ގައުމެއްގެ ކުރީގެ ރައީސެއް ނުކުރާވަރުގެ ހުތުރު އަދި ނާތަހުޒީބީ އަމަލެއް!

ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދި އިދިކޮޅުޕާޓީގެ ރައީސްގެ މަގާމަކީވެސް ވަރަށް އަމާނާތްތެރި އަދި ޒިންމާދާރު މަގާމުތަކެކެވެ. ވެރިކަމުގައި ހުންނައިރު ކުރެއްވި ހުރިހާ ކަމެއް އަނެއް ކޮޅަށް ޖަހައިގެން ތަފާތު ވާހަކަތައް ދެއްކުމަކީ ބައެއް ސިޔާސީ ވެރިން އެކި ގައުމުތަކުގައިވެސް ކުރާ ކަންތައްތަކެވެ. ނަމަވެސް އެއްވެސް ގައުމެއްގެ ކުރީގެ ރައީސެއް އަމިއްލަޔަށް އެގްރީމަންޓް ހަދައިގެން ބަޔަކުގެ އެހީ ހޯދާ އެމީހުން ގައުމަށް ގެނެސް ވެރިކަން ވެއްޓުނީމާ ވާދަވެރި ގައުމަކުން ފައިސާ ނަގައިގެން ވަކި ގައުމެއް އެއްކޮށް އެގައުމުން ބޭރު ކޮށްލަން ގޮވާލުމަކީ ވަރަށް ނާތަހުޒީބީ އަދި ގައިރު ޒިންމާދާރު ދަށުދަރަޖައިގެ ކަމެކެވެ.

މިދައްކަނީ ރައީސް ޔާމީން އަދި އެމަނިކުފާނު ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭނެވެ. ހަގީގަތަކީ ޕީޕީއެމް އަދި ރައީސް ޔާމީން ކުރީން ހިންގެވި "ފްރީ ޔާމީން" އަދި އެހެން ލޯގޯތައް ޖަހައިގެން ހިންގަން އުޅުއްވި އެކި ސިޔާސީ ހަރަަކާތްތައް ކޮޅެއްގައި ނުޖެހި އެއްވެސް ފަންޑެއް ކެމްޕޭނަށް ނުލިބި، ވަަރަށް "ޑެސްޕަރޭޓް" ހާލަތަކަށްގޮސް، ނާއުންމީދުވެފައި ތިއްބައި އިންޑިއާ އާއި ވާދަވެރި ގައުމުތަކުން ރައިީސް ޔާމީން އަށް ފައިސާދެއްވައިގެން ފެށީ "އިންޑިއާ އައުޓް" ކެންމްޕޭން އެވެ. އެއްވެސް ގައުމެއްގެ ކުރީގެ ރައީސެއް އެހެން ބޮޑެތި ގައުމުތަކެއްގެ ވާދަވެރިރިގައުމަކާއި އިދިކޮޅަށް ކެމްޕޭން ކުރަންޔާ ފައިސާ ދޭނެއެވެ. އެކަމަކު އެއީ ވަރައް ހައްދުފަހަނައަޅާފައިވާ ވެރިން ކުރާ ކަންތަކެވެ. އެހެނީ އެގޮތައް ކަންތައް ކުރުމުން އެގައުމާ އަދި އެގައުމުގެ ރައްޔިތުންނަށް މެދުރާސްތާ އަދި ދުރު ރާސްތާގައި ވަރަށް ބޮޑެތި ގެއްލުން ވާނެއެވެ. އަޅުގަނޑުމެންފަދަ ކުޑަ ގައުމެއް ބޮޑެތި ގައުމުތައް ތަޅާ ފޮޅާއިރު އޭގެތެރެއަށް ވަކި ކޮޅެއް ނަގައިގެން އެއަށް ވަނުމަކީ ވަރަށް ގެއްލުން ހުރިކަމެކެވެ.

ނަމަވެސް ރައީސް ޔާމީނަށް އަބަދުވެސް އެންމެ މުހިއްމު ވަނީ ފައިސާ އެވެ. އަތަށް އަރާ ކޭޝް ނަގުދު ފައިސާއެވެ. މިކެންޕޭން ފުރަތަމަ ރައީސް ޔާމީން ހިންގީ މަދުބައެއް ލައްވާ އެމަނިކުފާނު ނިވާ ފަތްގަނޑުގައިހުރެގެންނެވެ. ނަމަވެސް އިންޑިއާ އާއި ވާދަވެރި ގައުމުތަކުން ޕީޕީއެމް އަށް ފައިސާ އަންނަން ފެށުމާއެކު އެއީ ސީދާ ރައީސް ޔާމީނު ކުރާކަމެއް ކަމަށް ބުނެ މުޅި އިދިކޮޅު ކެންޕޭން އަކީ "އިންޑިއާ އައުޓް" ކަމަށް ހަދާ ހުރިހާ ފައިސާ އެއް ރައިީސް ޔާމީން މެނޭޖް ކުރަން ފަށައިފިއެވެ. މިކަމުގެ އެންމެ ބޮޑު މެދުވެރިއަކަށް ހުންނަނީ މެންބަރު މުހައްމަދު ސައީދު ކަމުން މިހާރު ރައީސް ޔާމީން ހުރީ ސައީދުގެ ވެސް އަދި އިންޑިއާ އާއި ވާދަވެރި ގައުމުތަކުގެވެސް ވަރަށް ބޮޑަށް ދަށުވެފައިކަމަށް ޕީޕީއެމްގެ އިސް ލީޑަރެއް ކިޔައަިދިނެވެ.

މިފަހުން ވަރަށް ބޮޑެތި އަދަދުން ފައިސާ ލިބުމާއި އެކީ ރައީސް ޔާމީން ސިދާ މޭފުޅު މަތީ "އިންޑިއާ އައުޓް" ޖަހައިގެން ރައްތަކަށް ދަތުރުކުރައް ވަނީފަށާފައެވެ. ފައިސާ ލިބެންޔާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ސާބިތު ކޮށްދީފައެވެ. އާދެ ސްޕޮންސަރ ދިނީމައި ޓީމުގެ ޖަރޒީގެ މޭމަތީގައި ލޯގޯ ޖަހައިގެން ކުޅިވަރު ކުޅޭގޮތައް އަދި ފައިސާ ދިނީމާ ކޮންމެ ޕްރޮޑަކްޓަކީވެސް ވަރަށް ރަންގަޅު އެއްޗެއްކަމަށް ބުނެ މަޝްހޫރު މީހުން ފައިސާއަށް އިސްތިހާރު ކުޅޭގޮތައް ރައީސް ޔާމީނުވެސް މިހާރު އިސްތިހާރުކުޅުއްވަނީއެވެ.

މީގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ފާޅުގައި ނުދައްކާފައި ރައީސް ޔާމީން ކުއްލިޔަކަށް މިހާރު ލިބޭ ފައިސާޔާ ހެދި މުޅި ކެންޕޭނަކީ އެމަނިކުފާނު ކުރާ ކަމެއް ކަމުގައި ހަދާ ދިވެހި ރާއްޖޭގެ އެންމެ ކައިރި އަވައްޓެރި ގައުމުގެ އެއްބިލިއަން ރައްޔިތުންނާ ދެކޮޅައް އެމީހުން ރާއްޖެއިން "އައުޓް" ކުރަން ގޮވާލާ ގޮވާލުމަކީ މިހާތަނަށް ގައުމެއްގެ ކުރީގެ ރައީސަކު ކުރާ އެންމެ ހުތުރުކަންތަކެވެ. ދުނޭގައި ގައުމުތައް ހަނގުރާމަ ކުރާއިރުވެސް ގައުމުގެ ކުރީގެ ރައީސަކުވެސް ދުޝްމަނު ގައުމުގެ ހުރިހާ ރައްޔިތުން ނިސްބަތްވާ ގޮތަށް އެމީހުން "އައުޓް" ކޮށްލާށޭ ކިޔައިގެން ޓީޝާޓްގައި ލޯގޯ ޖަހައިގެން ތުރުކުރައްވައިގެން މުޅި ގައުމުތެރޭގައި ކެމްޕޭން ކުރައްވާތަނެއް ނުފެނެއެވެ.

މިއަދު އިދިކޮޅު ޕާޓީއެއްގެ ގޮތުން ސަރުކާރު ޒިންމާދާރު ކުރުވަން ޕީޕީއެމް ވަނީ ފެއިލްވެފައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ހިޔާ ފްލެޓް މައްސަލަޔާ، ބޯހިޔާ ވަހިކަމާ އިގްތިސާދީ ދަތިތަކުގެ ވާހަކައެއްވެސް އަދި ކޮވިޑް ހާލަތުގެ ވާހަކައެއްވެސް ރައީސް ޔާމީނެއްވެސް އަދި ޕީޕީއެމް އިންވެސް ނުދައްކައެވެ. "އިންޑިއާ އައުޓް" އަކީ ވަރައް "ޒޭނޯޕޯބިކް"، "ރޭސިސްޓް"  ކަނާތުފިޔައިގެ ހަރުކަށި ވިސްނުމެކެވެ.

އިރުވަރަށް ޕީޕީއެމްގެ އިސް ބޭފުޅުން މިވަނީ "އިންޑިއާ އައުޓް" ކެމްޕޭން އަކީ ފައިސާ ލިބިގެން ހިންގާ ކެންޕޭނެއް ކަމާއި އަދި މިފައިސާ ސީދާ ރައީސް ޔާމީނަށް މިހާރު ދާކަމަށާއިިިިިި އަދި ސްޕޮންސަރުން ބުނި ގޮތަކައް ބުނިއެއްޗެއް މޭމަތީގައި ޖަހައިގެން އެމީހުން ބުނާގޮތަކަށް ރައީސް ޔާމީނު ހުރީ ކެމްޕޭނު ކުރަން ތައްޔާރަށް ކަމަށް އިސް ލީޑަރުން ވަނީ ކިޔައިދެއްވާފައެވެ. އިއްޔެގެ ދަތުރުގައި މޭޔަރު ޑރ.މުއިއްޒްގެ ފެކްޝަން ނުގެން ދިޔައީ މިއީ ސީދާ ރައީސް ޔާމީނާއި ސައީދު ހިންގާ ކަމެއްކަން ސްޕޮންސަރުނަށް ދައްކާލާށެވެ. އެހެނީ ފައިސާ އަންނަ ހިސާބުން އެތައް ބަޔަކު ރައީސް ޔާމީނު އަބަދުވެސް ބާކީ ކުރެއެވެ. އަދި ސްޕޮންސަރުން ދޭ ފައިސާ ޕާޓީ އަދި އެކްޓިވިސްޓުންނަށް ނުލިބޭއިރު ދިދަތަކާ ފޮތި ކޮޅާ ޓީޝާޓް ބައިހަދަން ވެސް ހޭދަ ކުރަނީ ވަރަށް ކުޑަމިންވަރެއްކަން ޕީޕީއެމްގެ އިސް ލީޑަރުންތަކެއް އިރުވަރު ނޫހަށް ވަނީ ކިޔައިދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

22 Responses

  1. ކަން ކަމުގެ ހަޤީޤަތް އޮޅުވާލުމަށް ފައިސާ ބަހައިގެން ހިންގާ ބައެއް މީޑިއާ ތަކުން މީހުންގެ އަބުރު ކަތިލުމަށް ކޮންމެ ފަދަ ވާހަކައެއް ވެސް ލިޔެފަނެ

  2. މިއީ އިންޑިއާ އަތު ފައައިސާ ހިފއަގެން ލިއެފާވާ އެއްވެސް ޙަޤީގަތެ ތެތް ޒާތީ ތަޢައްސުން ފުރިފައިވާ ޙަސަދަވެރި ލިއުމެއް ދެ ލޮލަށް މިރުސް އެޅުނަސް ބޮޑުވަރު ނޫސްވެރިއަކަށްވުރެ މި ލިއުގެ ވެރިޔާ ޙަސަދަަވެރިކަމުގެ ލަޤަބު މާ ހަޤުކަން ބޮޑު ފެންނަނީ.

  3. ހަޖަމުނުވެ ވަކިފަރާތަކަށްޖެހުނަސް މިއީ ދެން ބޮޑުވަރު. އަދި މީގައި ޕީޕީއެމްގެ އިސްފަރާތްތަކުން މައުލޫމާތުދިނިއްޔޭ ބުނެ ލިޔެފައި މިވަނީ ރޯ ބުހުތާނު ދޮގުތަކެއް. ވަރަށް އެނގޭތީ މިބުނަނީ.
    މި ކޮމެންޓް ޖަހަން ކެރޭނެތޯ!

  4. އިރުވަރު މިއީ އިންޑިޔާއަށް ވިކިފަ އޮތް ނޫހެއް. ގައުމުގެ މިނިވަން ކަމަށް ވަކާލާތު ކުރުމަކީ ދަށު ދަރަޖައިގެ ކަމެކޭތޯ.? މަވެސް މިއީ ޔާމީނުގެ ސަޕޯޓަރެއް ނޫން.އެކަމަކު ޔާމީނަކަސް ކާސިމަކަސް ގައުމުގެ ދިފާޢުގައި ދައްކާ ވާހަކަ ތަކަށް ތާއީދު.. އަދީބު އާއި ޒިޔަތު ލައްވާ ވައްކަން ކުރުވީ ސީދާ ޔާމީނު…އެދުވަހު އަދީބު އެބަ ވައްކަން ކުރެއޭ ބުނީމާ ބުނީ އެއީ ޚާލިދު ބުނި ވަލީދޭ.

  5. މި ލިއުމަށް ޤައުމަށް ޣައްދާރުވި 9 ޙަސަން ރަސްގެފާނުގެ އެވޯޑު އަރުވަން.

  6. ވަރަށް ރީއްޗެއްނު ލިޔެވުނު ޚަބަރު. މީނަ އަށް ހީވާކަހަލަ ހާހެކޭ. ކަލޭމެން ނޫހުގަ ލިޔެނީ ވަކި ކޯއްޗެއް?

  7. ދެން ވެސް މި ދީބާ ދިވެހި ޤައުމުގެ ދިފާޢުގައި މި ބުނަނީ. އިންޑިއާ މީހުން ޖެހޭނީ ފައިބަން.

    #indiaout

  8. މީހެއްގެ ބޮލުގައި އިންޒާމެއް އަޅުވައި ނަމަ، އެކަން ސާބިތު ކޮށް ދިނުމާއި ހެކި ދެއްކުން މުހިންމު. ޝަރީޢަތަށް ސާބިތު ނުވި ކަން ކަން. ކަލޭމެނަށް އެނގެނީ ކިހިނެއް? މަތިން ފައިބާ ތިބި ބައެއް ތަ ތިއީ އަޅެ?

  9. ދިވެހިރާއްޖޭގެ ތާރީޚުގަވެސް ނިއުސްމީޑިޔާއަކުން ވަކިފަރާތަކަށް ނުޖެހޭވަރަށް ވަކިފަރާތަކަށް ޖެހިގެން ދިވެހިލޭހިނގާ މުސްލިމް ދިވެހި ކޮންމެ ރައްޔިތަކުމެ ލަދުން އާޝޯޚްވާ ވަރުގެ ބަޔަކަށް އަޅުވެތިވެފައިވާ ލިޔުމެއް އިރުވަރު އިން ލިޔެ މުޅި ދިވެހި ނޫސްވެރިކަމުގެ ތާރީޚްވެސް މިލިޔުމުގެ ސަބަބުން ކިލަނބުކޮށްފި.

  10. މިލިޔުނު ފަރާތުން އިންޑިއާ އިން ލިބިދާނެ ފައިސާކޮޅެއްގެ ދަހިވެތި ކަމުގައި ކިތަންމެ ކޮހެއް ގޮވިޔަސް ބުނެލަން ބޭނުންވަނީ ހަޖަމް ކޮށްލާށޭ ދިވެހި ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު މިތާ އިންޑިޔާ ސިފައިން ތިބޭކަށް ބޭނުމެއް ނުވާނޭ. އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަން، އިންޑިޔާ އައުޓް

  11. އިސްލާމީ ޤައުމެއްގައި ހިންދޫ މެޖޯރިޓީ އޮންނަ ހިންދޫ އަސާސްތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޤައުމެއްގެ ސިފައިން ބޭތިއްބުމަށް އިސްލާމީ ޝަރީޢަތް ހުއްދަކުރޭބާ؟ މިއަދު މަދު ލާރިކޮޅަކަށް މުޝްރިކުން އަތުން ފައިސާނަގައިގެން އެބައިމީހުން ރުއްސަން ޚަބަރު ފެތުރިޔަސް އާޚިރަތްދުވަހު ޖަވާބުދާރީވާން ޖެހޭނެކަން ކަށަވަރު. ދިވެހި އިސްލާމީ ވަޠަނަށް ޣައްދާރުވާންވީމަ ޒީނޮފޯބިކް އަދި ރޭސިސްޓް. އިންޑިއާއިން ކަޝްމީރުގައި ހިންގާ ޖަރީމާ އާއި ބީޖޭޕީ ސަރުކާރުގެ ނޭޝަނަލިސްޓް ކަނާތުފިޔައިގެ ހަރުކަށި ވިސްނުން އޯކޭތޯ؟ ޑަބަލް ސްޓޭންޑަރޑް ދެއްތޯ؟ ޗައިނާއާ ދެކޮޅަށް ވެސް ޚަބަރު ލިޔަންވީ، އެކަމު އިންޑިއާއޭ ބުނެގެން އެއްޗެއް ބުނަން ނުކެރެންޏާ ދެން އެވީ ކޯންޗަކަށް؟ އަހަރުމެން ދިފާޢުކުރާނީ ދިވެހި ޤައުމީ އަދި އިސްލާމީ އިންޓެރެސްޓް. ހިންދޫންގެ އިންޓެރެސްޓް ހިމާޔަތްކުރަން އުޅެނީ ހަމަ ނުވިސްނޭ ޖާހިލުންނާއި މުނާފިޤުން. ޔާމީނަކީ ޞާލިޙަކަށް ނުވިޔަސް އިންޑިއާއަށް ކޮންމެ ކަމަކަށް ނޯޖަހަން ނުކެރޭ ސޮޑެއްނޫން.

  12. އިންޑިޔާއިން މަދަދު ލިބިގެން ހިންގާ ނޫސްތަކަށް ނުވާނެ އިދިކޮޅުން ކޮންމެ ކަމެއްކުރިޔަސް ތިޔަހެން. ހަޖަމްކޮށްލާ އިރުވަރު ނޫސް

  13. ތިޔައޮތީ އިންޑިޔާ ގޮހޮރުގެފުލަށް ފައިބާފަ. މިސްކިތްތަކަށް ކުޑަކަމުގޮސް އަދި ބޮޑުކަމުގޮސް ހަދާއިރުވެސް ހަމަ ok ﷲ އަށާ ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނަމުންދާއިރުވެސް ކަލޭމެންނަށް ހަމަ ok ދިވެހިރާއްޖެއާއި ދިވެހިރައްޔިޔުން އަޅުވެތިކޮށްފައިވާއިރު ކަލޭމެންނަށްހަމަ ok ސްކޫލްގެ އިސްލާމްފޮތްތަކުން ﷲގެ ވަހީބަސްފުޅު އުނިކުރުމަށްއަންގާ ކުފުރުގެމަގަށް މަގުކޮށަމުންދާއިރުވެސް ކަލޭމެންނަށްހަމަ ok ތީދެން ބޮޑުވަރު. ,, އިންޑިޔާ މިލިޓަރީ ސިފައިން ރާއްޖެއިން ފައިބާ ,, .

  14. މި ލިއުން ތައްޔާރު ކުރުމުގައި ބައިވެރި ވެފައިވާ އެންމެން ގެ ބުރިން ހަންނަގަން ގޮވާލަން،

  15. Dhivehi gaumuge minivankamuge dhifaaugai idhikolhun thikuraa campion ah thaaeedhu Mi liumakee kadaelhigen vakibayakaa zaathee vegen liyefavaa Liumeh. e

  16. ވަރަށް ތަހުޒީބު ޚަބަރެންނު ތިޔަ ލިޔެވުނީ ދެން ؟

  17. އިންޑިޔާއިން ކުރީގައި ދިފާއީ އެމް އޯ އެއްގައި ސޮއިކުރެވުނީ. މިކަން އެންމެ ފުރަތަމަ ކުރެވުނީ 2008ގައި އައި ސަރުކާރުން. މިކަން އޮތީ ވަކި މުއްދަތެއް ހަމަވުމުން އާކުރެވޭ ގޮތަށް. ދެން، 2013ގައި އައި ވެރިކަމުގައި ވެސް މި އެއްބަސް ވުން އާކުރެވުނު. ނަމަވެސް، 2016ގައި މި އެއްބަސް އާކުރަން އޭރުގެ ސަރުކާރުން ދެކޮޅު ހެދި. އިންޑިޔާއިން އޭރު ގެނެއްސައި އޮތް ދެ ހެލިކޮޕްޓަރު އަނބުރާ ގެންދަން ވެސް އެންގި. މީގެ އިތުރުން، އޭރު މި ހެލިކޮޕްޓަރު ދުއްވާށޭ ކިޔާފައި އައިސް ތިބި އިންޑިޔާގެ ސިފައިން ފައިބާން ވެސް އެންގުނު. ނަމަވެސް، މިއިން އެއްވެސް ކަމެއް ނުކޮށް އިންޑިޔާއިން ތިބީ. ތިބުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބު ކައިރިވެފައި އޮތުމުންނާއި އަދި އިދިކޮޅާއި ހެދިފައި އޮތް ސިއްރު އެއްބަސްވުންތަކެއް އޮތީމައި. އެދުވަސްވަރު، އޭރުގެ އިދިކޮޅު ބައެއް މީހުން އިންޑިޔާގެ ޓީވީއެއްގައި އިންޑިޔާގެ ސަރުކާރުން އިންޑިޔާގެ ލަޝްކަރު ފޮނުވައިގެން ސަރުކާރު ބަދަލުކުރުމަށް އެދުނު. މި ވީޑިޔޯ މިހާރު ވެސް ފެންނަން އޮންނާނެ. ދެން ސަރުކާރު ބަދަލުވުމުން، ސިއްރު އެއްބަސްވުންތަކާ އެއްގޮތަށް އެއްބަސްވުންތައް 2018ގައި އިންތިޚާބު ކުރެވުނު އާ ސަރުކާރުން އެއްބަސްވީ. މޯޑީ ރާއްޖެއައިސް އޭގައި ސޮއިކުރީ! މި ހަގީގަތްތައް ރާއްޖޭގެ ބައެއް ނޫސްތަކުންނާއި އަދި އިންޑިޔާގެ ބައެއް ނޫސްތަކުން ވެސް ފެންނަން އޮންނާނެ! ހަގީގަތް ހޯދަން ބޭނުންވާ މީހަކަށް ހަގީގަތް ހޯދޭނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *