Ad

ގިނަ ކުޅުންތެރިން ތަކެއް ޕޮޒިޓިވްވެ އިނގިރޭސި ޕްރިމިއާ ލީގަށް ކޮވިޑްގެ ހިޔަނި އެޅިއްޖެ

ކޮވިޑް-19 އަށް ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވެ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗްތައް ކެންސަލް ކުރަން ފަށައިފިއެވެ.

އިނގިރޭސި ކްލަބްތަކުން ފެނުނު ކޮވިޑް ކޭސްތަކުގެ ސަބަބުން އެކި ފަހަރު މަތިން ޖުމްލަ ނުވަ މެޗެއް ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އެއް ކްލަބެއްގެ މެޗުތައް ވަނީ ތަކުރާރުވެފަ އެވެ. މީގެތެރެއިން އެންމެ ގިނައިން ކެންސަލް ކުރީ ޓޮޓެމްހަމްގެ މެޗް ތަކެވެ. މި ހަފްތާގެ މެދު ތެރޭގައި ކުޅެންއޮތް 3 މެޗެއް ވެސް ވަނީ ފަސްކޮއްފައެވެ. އަދި އަންނަ ހަފްތާގައި ކުޅުމަށް ތާވަލްކުރި 5 މެޗެއްވެސް މިހާރު ވަނީ ފަސްކޮއްފައެވެ.

މުހިންމު ކުޅުންތެރިންތަކެއް ޕޮޒިޓިވްވި ނަމަވެސް މިހަފްތާގައި ލިވަޕޫލާއި ޗެލްސީ ކުޅުނު މެޗްތައް ވަނީ އެކުޅުންތެރިން ނުލާ ކުރިއަށް ގެންގޮސްފައެވެ. ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ފަބީނިއޯ އަދި ކާޓިސް ޖޯންސް ނުލެއެވެ. އަދި ޗެލްސީން އެވަޓަންއާ ދެކޮޅަށް ކުޅުނީ ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން ޓިމޯ ވާނާ އާއި ރޮމެލޫ ލުކާކޫ އަދި ކަލުމް ހަޑްސަން އޮޑޯއި ނުލައެވެ. އަދި ލެސްޓަރ ސިޓީއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންތަކެއް ވެސް ޕޮޒިޓިވްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ކޮވިޑްގެ ސަބަބުން މެޗްތައް ކެންސަލް ކުރުމަކީ ހައްްލެއް ނޫން ކަމަށެވެ.

"ލީގު މެޗުތައް ފަސްކޮށް، ލީގު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. މީގެ އެންމެ ރަނގަޅު ގޮތަކީ ވަގުތު ލިބޭ ފަދަ ރަނގަޅު ޝެޑިއުލެއް އޮތުން. ފުޓްބޯޅަ ކުޅުންތެރިން ކޮންމެ ފަހަރަކު ކޮވިޑަށް ޓެސްޓްކޮށް މި ކުރިމަތިލާ ކަމަކީ ކުޑަ ކަމެއް ނޫން. އެ ހުރިހާ ކަމެއް ކޮށްގެން މި ގޮތަށް މެޗުތައް ފަސްކޮށް، އަލުން ޝެޑިއުލް ކުރާއިރު ހަމައެއް ނެތުމަކީ ގޯހެއް،" ކްލޮޕް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *