Ad

ރާއްޖޭގެ ނަންބަރ 1 ކުޅުންތެރިން ބަލިކޮށް ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގެ ފެށުން ސީއެސް ސްޕޯޓްސް އިން ރަނގަޅުކޮށްފި

ރާއްޖޭގެ ބެޑްމިންޓަންގައި މިވަގުުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ރިވައިވަލްސް ޓީމް ބަލިކޮށް ސީއެސް ސްޕޯޓްސްއިން މުބާރާތުގައި ކުޅުނު ފުރަތަ ތައި ކާމިޔާބުކޮށްފިއެވެ.

ނަބާހާއި ނަބީހާ އަދި ޒަޔާން ކުޅެމުންދާ ރިވައިވަލްސް ބަލިވެފައިވަނީ 4 މެޗު ދެމެޗުންނެވެ. ނަބާހާ ކުޅުނު މިކްސް ޑަބަލްސް އަދި ވިމެން ޑަބަލްސް ސީއެސްއަށް ކާމިޔާބުކޮށްދިނީ އައިމިނަތު ޝަހުރުނާޒާ ހިޝާމް ލަތީފް އަދި ޝިފްނާއެވެ. ސީއެސްއަށް ލިބުނު އަނެއް ދެމެޗް ކަމަށްވާ ވިމެން ޑަބަލްސް އާއި މިކްސް ޑަބަލްސްގެ ދެވަނަ މެޗް އެ ޓީމަށް ކާމިޔާބުކޮށްދިނީ މައިސާ ފަތުހުއްލާ އާއި ޝިފީ އަދި އަލީ މުއާޒެވެ.
މި މޮޅާއެކު މިކްސް ޓީމް އިވެންޓްގެ ސެމީއާ ގާތަށް ސީއެސްވަނީ ދަތުުރުކޮށްފައެވެ.

މިހާރު ކުރިއަށްދާ ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ ސީއެސް ސްޕޯޓްސް އިން އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ކްލަބް ބަލިކުރިއިރު އިއްޔެ ހަވީރު ކުޅުނު މެޗުން ރިވައިވަލް އަތުން ސީއެސް މޮޅުވީ 6-11 ޕޮއިންޓުންނެވެ. ފުރަތަމަ ޑަބަލްސްގައި ޒަޔާން ޒަކީ އާއި މުހައްމަދު ޝާރިމްގެ ޕެއާ ވަނީ 15/10، 15/08 އިން ސީއެސްގެ މުހައްމަދު ހިޝާމް ލަތީފާއި އާސިރް ނިޒާރްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ ބުސައިނާ ހުސެއިން އާއި މިންނަ ރަޝީދުގެ ޕެއާ އަތުން ސީއެސްގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި ޝިފްނާ ހުސެއިންގެ ޕެއާ މޮޅުވީ 04/15، 07/15 އިންނެވެ. އޭގެ ފަހުން ކުޅުނު ފުރަތަމަ މިކްސް ޑަބަލްސް އިން ވެސް މޮޅުވީ ސީއެސް އެވެ. ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާގެ މައްޗަށް ސީއެސްގެ ހިޝާމް އާއި އައިމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ކުރިހޯދީ 14/15، 14/15 އިންނެވެ.

އޭގެ ފަހުން ކުޅުނު ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި ސާރިމްގެ ޕެއާ ވަނީ 15/13، 15/11 އިން ސީއެސްގެ ހަސަން އަފްޝީން ޝަހީމާއި އިބްރާހިމް ހުޝާމްގެ ޕެއާ ބަލިކޮށްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ ވަނަ އަންހެން ޑަބަލްސްގައި ސީއެސްގެ ޝިފްނާ އާއި ޝަހުރުނާޒްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ނަބާހާ އާއި އައިޝަތު އިބްރާހިމްގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 14/15، 15/12 އަދި 04/11 އިންނެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން އާއި އައިޝަތުގެ ޕެއާ ވަނީ ސީއެސްގެ އަލީ މުއާޒް އާއި މައިސާގެ ޕެއާ އަތުން 10/15، 10/15 އިން ބަލިވެފަ އެވެ.

އެކަމަކު، ފަހު ފިރިހެން ޑަަބަލްސް އިން ރިވައިވަލްގެ ރިޝްވާން އާއި ޝަރްމީލްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ސީއެސްގެ އަހުމަދު ރިޔާޒާއި އަފްޝީންގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 15/07، 11/15 އަދި 11/07 އިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *