Ad

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ލިވަޕޫލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 އިންނެވެ. މި މެޗުގެ ދެޓީމުގެ ހުރިހާ ލަނޑެއްވެސް ފެނުނީ ފުރަތަމަ ހާފުގައެވެ.

މެޗްގެ ފުރަތަމަ 2 ލަނޑު ކާމިޔާބުކުރީ ލިވަޕޫލުންނެވެ. 9 ވަނަ މިނެޓްގައި މި ގޯލް ޖެހީ ސަޑިއޯ މާނޭ އެވެ. މިއީ ޗެލްސީގެ ފަހަތުން ޑިފެންޑަރު ޗަލޮބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ސަލާހެވެ. މެޗްގެ ޗެލްސީގެ 2 ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހު 5 މިނެޓްގައެވެ. ޗެލްސީގެ ފުރަތަމަ ގޯލް 41 ވަނަ މިނެޓްގައި ޖެހީ ކޮވަސިޗެވެ. ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުން އެއްވަރު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް އެވެ.

މިމެޗާ ލިވަޕޫލުން ކުރިމަތިލިއިރު ލިވަޕޫލަށް ވަނީ ކޮވިޑްގެ ނުރައްކާ ކުރިމަތިވެފައެވެ. މިގޮތުން ކީޕަރު އެލިސަން، ޑިފެންޑަރު ޖޮއެލް މަޓިޕް، އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ތިބީ އައިސޮލޭޝަންގައެވެ. އަދި ކޯޗު ޔާގެން ކްލޮޕް ވެސް ކޮވިޑުގެ ސަބަބުން މި މެޗުގައި ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *