ވެލީގެ ތޫފާންތަކުގެ ސަބަބުން ނަމީބިއާގެ އައްސޭރިފަށުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނެމީބިއާގެ އައްސޭރިފަށަށް ހޫނުމިން މަތިވެ، ގަޑިއަކު ގާތްގަނޑަކަށް 40 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެ ވެލި ތޫފާންތަކެއް ކުރިމަތިވެ، އެޓްލާންޓިކް ކަނޑުގެ އައްސޭރި ފަށުގެ ގެތަކާއި ޝޮޕިން މޯލްތަކާޢި އާންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ސްވަކޮޕްމަންޑާއި ވޯލްވިސްބޭއާއި ދެމެދުގައިވާ މަގުގެ ބައެއް ތަންތަން ބަންދުކުރަމުންދާއިރު ޓްރެފިކް ފުލުހުން ވަނީ ބޭރަށް ނުކުމެ ނުދުއްވުމަށް އެދި އިންޒާރު ނެރެފައެވެ. ސައިކަލް ދުއްވާ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު ޖެހެންފެށި ގޮތަށް، ހޯމަ ދުވަހުގެ ހެނދުނު ހޭލިއިރު ގިނަ އެއްގަމު އުޅަނދު ހުރީ ވެލި ވަޅުލެވިފައެވެ.
ގެދޮރު ދޫކޮށް ގޮސްފައިވާ މީހުންގެ މައުލޫމާތު ފުލުހުން އަދިވެސް ދަނީ އެއްކުރަމުންނެވެ.