Advertisement
BML Home 2nd Ad

އަޒީބެގެ މަތަމް ރައިދާން ރެސްޓޯރެންޓް ބަތްޕާރުސަލް ވަރަށް މީރު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން

ޝައިޚް އަޒީބެ ހިންގާ މަތަމް ރައިދާން ރެސްޓޯރެންޓުގެ ބަތް ޕާރުސަލް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ކެއި ކަމަށާއި، އަދި ބަތް ޕާރުސަލް މީރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުނެފައިވާކަމަށް އެކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

މަހާޒު އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުން ބަތްޕާރުސަލް ކެއި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ފެށުމުން ކުރި ޓްވީޓެއްގައެވެ. އެދުވަހު ބަތް ޕާރުސަލް ގެނައީ މަތަމް ރައިދާނުންކަމަށް އެކަން އެނގޭ ފަރާތްތަކުން ބުނެއެވެ. މަތަމް ރައިދާނަކީ ޝައިޚް އަޒީބެ ހިންގާ ރެސްޓޯރެންޓެކެވެ. ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ޝައިޚް އަޒީބެގެ އަންހެން ދަރިޔަކާއެވެ.

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންވެސް ބަތްޕާރުސަލް ކެއި ކަމަށާއި، ކެއިއިރު އެއީ ކޮންތަނަކުން ގެނައި ބަތްޕާރުސަލްތަކެއްކަން ހުރިހާ ފަނޑިޔާރުންނަށްވެސް އެނގޭކަމާއި، ކައިގެން މީރުކަމަށް ފަނޑިޔާރުން ވިދާޅުވިކަމަށް މަހާޒު ބުނެފައިވެއެވެ.

ބަތްޕާރުސަލް ކެއި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ފަށާފައިވާއިރު، އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ، އެމައްސަލާގައި ބަތްޕާރުސަލް ކައިފައިވަނީ ރައީސް ޔާމީންގެ ހުކުމް ކުރި ދުވަހު ރައީސް ޔާމީންގެ ސަޕޯޓަރަކު އުފާފާޅުކުރަން ފޮނުވި ބަތްޕާރުސަލްތަކެއް ކެއި މައްސަލާގެ ކަންކަން ސާފުކުރުމަށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެކަމުގެ މައުލޫމާތު ދީފައިނުވާތީ، އެތަނުގެ މުވައްޒަފުން ގެންގޮސް ސުވާލުކުރުމުން، ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޮމްބޭ ދަރުބާރުން ބަތްޕާރުސަލް ގެނެސް ކެއި މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލާފައިވެއެވެ. ބަތްޕާރުސަލް ކެއުމާ ސުޕްރީމް ކޯޓާ ގުޅުންތަކެއް އެބަހުއްޓެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަތަމް ރައިދާނުގެ ބަތްޕާރުސަލް މީރުކަމަށް މިވަނީ ނިންމައިފައެވެ.

މަތަމް ރައިދާން ހުންނަނީ ހުޅުމާލޭ ނިރޮޅު މަގުގައެވެ. ބުރިޖުން ފައިބާއިގެން ނިރޮޅުމަގުން ބޮމްބޭ ދަރުބާރު ދޫކޮށް ދާއިރު މަތަމް ރައިދާން ފެންނަން ހުންނާނެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. Anni dimocrasee meehaku laigen nuvey kaifiyya suvalkoh halaakkollun judisary minivanvun maanakuranee canerygey badhigey kakka ehcheh noonee nuvatah emeehunah baielhey gothakah noonee judicial dhaairaain farikkulhuvaigen nuvey e ee halal ias nahalal vias bai alhan jehey

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add