Advertisement
BML Home 2nd Ad

މާލޭސިޓީގައި ނުރައްކާތެރި 2 އެކްސިޑެންޓް: އެކަކު ނިޔާވެއްޖެ

ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގީ މިއަދު 14:30 ގައި ހުޅުލެއާ ދިމާލުން ބުރިޖް ލައިޓްކައިރީގައި ކާރަކާއި ސައިކަލެއްޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ނިޔާވީ މަޝްހޫރު ވިޔަފާރިވެރިއެެއް ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

މިއަދު ހިނގި 2 ވަނަ އެކްސިޑެންޓަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 ސައިކަލް ޖެހިގެން ހިނގި ނުރަކްކާތެރި އެކްސިޑެންޓެކެވެ. މިއަދު އެކެއްޖެހި ެއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ އަންހެނަކާއި 3 ފިރިހެނުންނަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި މީހުންގެ ތެރެއިން 23 އަހަރުގެ އަންހެން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ. އަދި އަނެއް ސައިކަލުގައި އިން ފިރިހެން މީޙާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

One Response

  1. Minion adeh mihaaru ivetythoa, hulhu roavejje 70 meehun bodethi zakhamuthakaa eku, ekusidenteh vejje meehaku niyaa vejje, iburathakah nufudhey thoaaa???

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add