މާލެ ސަރަހައްދުގައި އީދުނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް އިއުލާނުކޮށްފި

މާލެ ސަރަހައްދުގައި އީދުނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް އިއުލާނުކޮށްފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނެރެފައިވާ އިއުލާނުގައި ބުނީ މިފަހަރުވެސް މާލެ ސަރައްހަދުގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ.

އަދި އުލާނުގައި ބުނެފައިވަނީ ވިއްސާރަވުމުގެ ސަބަބުން ބޮޑު ޖަމާއަތްތައް ކެންސަލްކުރަން ޖެހިއްޖެ ނަމަ މާލެ ސަރަހައްދުގައި ހުކުރުކުރާ ހުރިހާ މިސްކިތްތަކުގައި އީދުނަމާދުކުރުން ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކާއި ކުރިކެޓް ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެެ.

މާލޭގައި އީދު ނަމާދު ކުރާ މިސްކިތްތައް:
1. އިސްލާމީ މަރުކަޒު

2. މަސްޖިދުލްމަލިކި ސަލްމާން (ސަލްމާން މިސްކިތް)

3. މަސްޖިދުލްފުރުގާން

4. މަސްޖިދުއްނޫރު

5. މަސްޖިދުއް ޝަހީދު އަލީ

6. ތައިބާ މިސްކިތް

7. ދުނބުރި މިސްކިތް

8. ފަނޑިޔާރު މިސްކިތް

9. ބަންޑާރަ މިސްކިތް

10. ސަލާހުއްދީން މިސްކިތް

11. ޖަލާލުއްދީން މިސްކިތް

12. އިބްރާހިމް މިސްކިތް

13. އިސްކަންދަރު މިސްކިތް

14. ވަގުތީ މިސްކިތް ( ބޮޑުގެ )

15. ރަން މިސްކިތް

16. ފައިފުހޭ މިސްކިތް

17. މާފަންނު އާމިސްކިތް

ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދު ކުރާނެ މިސްކިތްތައް
1. މަސްޖިދުއްސަލާމް (ވިލިނގިލި)

2. މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)

3. މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)

4. މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)

5. މަސްޖިދު ހަސަން އާދަމް (ހުޅުމާލެ ފޭސް 2)

6. މަސްޖިދު އަބީބަކުރިނިއްސިއްދީގު (ފޭސް 2 ހުޅުމާލެ)

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ މި މަހުގެ 31 އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *