ށ.މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ށ.މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

ށ. މިލަންދޫ އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށާއި، އެހެންކަމުން މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް މިހާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ކޮންޓްރެކްޓްގައި ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މިހާރުވެސް 400 އެއްހާ ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުން ކަމަށާއި، އެހެންނަމަވެސް މަރުކަޒުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށްގެން މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *