ހަނދު ސާބިތުކުރުމާ ގުޅޭގޮތުން ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސައްްވާލު މަހުގެ ހަނދާ ގުޅޭގޮތުން ކުރީގެ ރައީސް އަލް އުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް އާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސިލަރ ޑރ.ހަސަން ހަމީދު އެ ބޭފުޅުންނަށް ގަބޫލުކުރެވޭ ގޮތް މީސް މީޑިއާގައި ހާމަކުރައްވާފައިވަނިކޮށް އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެ ދެބޭފުޅުން ފާޅުކުރައްވާފައިވާ ހިޔާލާ ގުޅިގެން ކަމަށް ބެލެވެއެވެ.
ރައީސް މައުމޫނު ވިދާޅުވެފައިވަނީ މި އަހަރުގެ ސައްވާލުމަހުގެ 1 ވަނަ ދުވަސް ނުވަތަ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ލަފާކުރެވެނީ މާދަމާ (މި މަހުގެ 30 ވާ އާދިއްތަ) ކަމަށެވެ. ނަމަވެސް ރައީސް މައުމޫނުގެ އި ހިޔާލާ ގުޅިގެން ޑރ.ހަސަން ހަމީދު ވިދާޅުވެފައިވަނީ މި އަހަރުގެ ސައްވާލު މަހުގެ 1 ވަނަ ދުވަހަށް ނުވަތަ ކުޑަ އީދު ދުވަހަށް ވާނީ މި މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށެވެ.
ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫނެވެ. އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީއެވެ.
— Maumoon Abdul Gayoom (@maumoonagayoom) March 28, 2025
ފިޠުރު ޢީދުވާނީ މާޗް 30 އަށް ތަ؟ ނޫނީ 31 އަށް ތަ؟ ހިސާބުތައް ހަދާ އެއް ގޮތް ވަރަށް ދޭހަ ފަސޭހަ ގޮތަކަށް އޮޅުންފިލުވައި ދީފައި…https://t.co/arTPQDjNh7
— Hassan Hameed (@hsn_hameed) March 26, 2025
އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމް ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ އެއްވެސް ފަރާތަކުން އަމިއްލަ އަމިއްލަ އަށް ރޯދަ އިޢުލާން ކުރުމާއި ޢީދު އީދު އިއުލާން ކުރުމަކީ މަސްލަޙަތު ގެއްލިދާނެ ކަމެއް ކަމަށާއި، ތަރިރުހަނދާއި ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މިކަން އެކަން ކުރަންވާނީ އާންމު މަޞްލަޙަތަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.
ޚާއްޞަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުޢީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަޞްލަޙަތު ގެއްލިދާނެކަމެއް،" ޑރ.ޝަހީމު ވިދާޅުވި އެވެ.
އަދި އިތުރަށް ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން، ޝަރުޢީ ހަމަތަކާއި ރާއްޖޭގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށާއި، އެކަމަށް ސަމާލުވުމަށް އެދިލައްވާ ކަމަށެވެ.
2 Responses
ކޮންމެ މީހަކު ވެސް ދެކެނީ ތިމަންނާއީ ފަލަކީ ހިސާބަށް އެންމެ މޮޅު މީހާ ކަމަށް ތިޔަ މީހުންނަކަށް ފަލަކީ ހިސާބެއް ނޭގޭ ޢުމުރު 90 އަހަރަށް ވުރެ މައްޗަށް ދިޔައިމާ އަދި ވެސް އުޅެނީ މަ މޮޅުވާން
ކަންކަން އެނގޭމީހުން އެކަންކަމުގެ ވާހަކަ ދެއްކުން އެއްވެސް މައްސަލައެއްނޫން، ތިމާމެނަށް ކަންކަންނޭގުމަކީ މީހުންގެ ޒާތީ ކަންކަމާ ބެހުމަކީ ވަރަށް ނާތަހުޒީބުކަމެއް. ފަލަކީއިލްމުގައި އުސްތާޒް މައުމޫނު އަބްދުލްގައްޔޫމު ފަދަ ދެނައެއް މިގަުމުގައި ހަމަނެތް.