ސްޕެނިޝް ކަޕްގެ ފައިނަލްގެ ޖާގަ ރެއާލް މެޑްރިޑް ކަށަވަރުކޮށްފި

ރޭ ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކުރި މެޗުން ރެއާލް މެޑްރިޑް ބަލިވި ނަމަވެސް ކޮޕަރޑެލްރޭ ގެ ފައިނަލް ގެ ޖާގަ މެޑްރިޑަށް ލިބިފައިވަނީ އެގްރިގޭޓްގެ ނަތީޖާއިން މެޑްރިޑަށް ކުރި ލިބިގެންނެވެ.

މި ދެ ޓީމު ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ރެއާލުންނެވެ. ނަމަވެސް ސެމީ ފައިނަލްގެ 2 ވަނަ ލެގްގައި ރޭ ކުޅުނު މެޗުން 4-3 ގެ ނަތީޖާއަކުން މެޑްރިޑް ބަލިވި ނަމަވެސް 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބުނީ މެޑްރިޑް އަށެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބްކޮށްދިނީ މެޗްގެ 16 ވަނަ މިނެޓްގައި ސޮސިއެޑާޑް ގެ ބެރަންޓިއާ އެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި އެންޑްރިކްގެ ގޯލުން ރެއާލުން ނަތީޖާ އެއްވަރުކުރި އެވެ. މެޗްގެ 74 ވަނަ މިނެޓް ގައި ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ގޯލެއް ވަދެ އަނެއްކާވެސް ސޮސިއެޑާޑުން މެޗްގެ ލީޑް ނެގިއެވެ. މެޗުގެ 80 ވަނަ މިނެޓްގައި މިކޭލް އޮޔަޒަބާލްގެ ގޯލުން ސޮސިއެޑާޑުން ލީޑު ފުޅާކުރި ނަމަވެސް އޭގެ 2 މިނެޓް ފަހުން ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އައުރެލިއަން ޗުއަމެނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ އޮޔަޒަބާލް ވަނީ ސޮސިއެޑާޑަށް އަލުން ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ. މި މެޗުން އެގްރިގޭޓް ނަތީޖާއިން ރެއާލް މޮޅުވި ގޯލު އިތުރު ވަގުތުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ.

ސްޕެނިޝް ކަޕްގެ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ދެވަނަ ސެމީފައިނަލްގައި މިރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *