ލިވަޕޫލުގެ ސްޕޯޓަރެއްގެ ހައިސިއްޔަތުން ރައީސް މައުމޫނުގެ ޝުކުރު ރައީސް މުއިއްޒު އަށް

ލިވަޕޫލުގެ ސްޕޯޓަރެއްގެ ހައިސިއްޔަތުން ރައީސް މައުމޫނު އަބްދުލް ގައްޔޫމް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ޝުކުރު ދަންނަވައިފިއެވެ.

ރައްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިނގިރޭސި ވިލާތުގެ އެެންމެ ކާމިޔާބް އެއް ފްޓްބޯލް ކުލަބް ކަމަށްވާ ލިވަފޫޅް ފްޓްބޯލް ކުލަބާއެކު އެމްއެމްޕީއާރުސީ އިން ހަދާފައިވާ ޕާޓްނާރޝިޕްގެ ދަށުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވަން ސަރުކާރުން ނިންމަވައި އެ ހަރަކާތްތަކުގެ ފެށުން ފާހަގަކުރުމަށް ރައީސް ޑރ މުއިއްޒު މިއަދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ 1970 ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނަކީ ވަޕޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ބޭފުޅެއް ކަމަށާއި، ލިވަޕޫލް އާއި ރާއްޖެއާއި ދެމެދު ހަދާފައިވާ ޕާޓްނާޝިޕް އަށްޓަކައި ލިވްޕޫލުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް މައުމޫނަކީ ރާއްޖޭގައި ހިންގާ ލިވަޕޫޅް ފޭން ޕޭޖުގައިވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން ލިވަޕޫލުގެ ރާއްޖޭގެ ސަޕޯޓަރުން އިންތިޒާމުކުރާ އިވެންޓްތަކަށްވެސް ރައީސް މައުމޫނު ވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *