"މޯދީއަކީ ރަހުމަތްތެރިއެއް، އެކަމަކު އޭނާ އަހަންނާ ދޭތެރޭ ކަންތައް ކުރައްވަނީ ރަނގަޅަށް ނޫން" ކަމަށް ވިދާޅުވެ އިންޑިއާއިން 26 އިންސައްތަ "ޑިސްކައުންޓް" ޓެރިފް ނަގަން ޓްރަމްޕް ނިންމަވައިފި

"މޯދީއަކީ ރަހުމަތްތެރިއެއް، އެކަމަކު އޭނާ އަހަންނާ ދޭތެރޭ ކަންތައް ކުރައްވަނީ ރަނގަޅަށް ނޫން" ކަމަށް ވިދާޅުވެ އިންޑިއާއިން 26 އިންސައްތަ "ޑިސްކައުންޓް" ޓެރިފް ނަގަން ޓްރަމްޕް ނިންމަވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް ސިފަކުރައްވައި ޓްރަމްޕް ވިދާޅުވީ ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީ އެމަނިކުފާނާ މެދު އަމަލު ކުރައްވަނީ ރަނގަޅަށް ނޫން ކަމަށެވެ. ވައިޓް ހައުސްގެ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ އެމެރިކާއިން ނަގާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހުރިހާ ގައުމަކުން ވެސް "ރެސިޕްރޯކަލް ޓެރިފް" ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ޗައިނާއިން އެމެރިކާއަށް 67 ޕަސެންޓުގެ ޓެރިފެއް ނަގާނަމަ އެމެރިކާއިން ޗައިނާއަށް ނަގާނީ 34 ޕަސެންޓް ޓެރިފެއް ކަމަށެވެ. ޗާޓެއް ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 20 ޕަސެންޓް ޓެރިފް، ވިއެޓްނާމުން 46 ޕަސެންޓް، ޓައިވާނުން 32 ޕަސެންޓް، ޖަޕާނުން 24 ޕަސެންޓް، އިންޑިއާ އިން 26 ޕަސެންޓް، ދެކުނު ކޮރެއާ އިން 25 ޕަސެންޓް، ތައިލެންޑުން 36 ޕަސެންޓް އަދި އެއަށް ވުރެ ބޮޑު ޓެރިފެއް ނަގާނެ އެވެ.

ޓްރަމްޕް ވިދާޅުވީ އިއުލާނުކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން "ހަ ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް" ލިބޭނެ ކަމަށާއި، އަދި ދުނިޔޭގެ ލީޑަރުންނަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ "ރެސިޕްރޯކަލް ޓެރިފް" އަށް ލުޔެއް ދޭން ބޭނުން ނަމަ ވިޔަފާރީގެ ސިޔާސަތު ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރިފުން ލިބޭ ފައިސާ އެމެރިކާއިން ބޭނުންކުރާނީ "އަޅުގަނޑުމެންގެ ޓެކްސް ކުޑަކޮށް ގައުމީ ދަރަނި ދެއްކުމަށް" ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ އެމަނިކުފާނު މިއަދު ތަންފީޒު ކުރައްވަމުން ގެންދަވާ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ މިރޭ ދަންވަރުން ފެށިގެން ކަމަށާއި އޭގެ ތެރޭގައި އެގައުމުން ބޭރުގައި އުފައްދާ ހުރިހާ އުޅަނދުތަކުން 25 ޕަސެންޓް ޓެރިފް ނަގާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *