އެމެރިކާގެ ރައީސް ޓްރަމްޕް ޓެރިފް ޓެރިފް ގެނައި ތަންތަނުގެ ތެރޭގައި މީހުން ދިރިނޫޅޭ އެންޓާޓިކާގެ ރަށްތަކަށް ހިމެނުމުން ޕެންގުއިން މީމްތަކުން އިންޓަނެޓް ފުރާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިގްތިސާދީ ގޮތުން ބޮޑެތި ގައުމު ތަކުގެ އިތުރުން މާލީ ގޮތުން ނިކަމެތި ގައުމުތަކަށްވެސް ބުދަ ދުވަހު (އޭޕްރީލް 2) ވަނީ ޓްރަމްޕްގެ އައު ޓެރިފް އިއުލާނު ކުރައްވާފައެވެ.
ހަގީގަތުގައި އިގްތިސާދު ނެތް ބައެއް ސަރަހައްދުތަކަށްވެސް ޓްރަމްޕް އިއުލާނު ކުރެއްވި ޓެރިފްތަކުގެ އަސަރު ކުރެއެވެ. އެގޮތުން އެންޓާޓިކާ ކައިރީގައި އޮންނަ ހަމައެކަނި ސީލްތަކާއި ޕެންގުއިންތައް ދިރިއުޅޭ ހަރޑް އެންޑް މެކްޑޮނަލްޑް އައިލެންޑްސް އަކީ ވެސް ޓެރިފްގެ ގެއްލުން އުފުލަން ޖެހޭ ތަނަކަށް ވަނީ ވެފައެވެ. އެގޮތުން ހަމައެކަނި ޕެންގުއިން ދިރިއުޅޭ އޮސްޓްރޭލިއާގެ ބޭރުގެ އެ ސަރަޙައްދުން 10 އިންސައްތަ ޓެރިފް ނަގަން އިއުލާނުކުރުމާ ގުޅިގެން އިންޓަނެޓްގައި ގިނަ އަދަދެއްގެ މީމް ތައް ދަނީ ދައުރުވަމުންނެވެ.
The penguin wore a suit. But didn’t escape the Trump tarifs on the Heard og McDonald Islands. Maybe it didn’t say thank you? pic.twitter.com/aaPr1ufCr0
— Christopher Arzrouni (@CArzrouni) April 3, 2025
ބޯޑު ޓެރިފްގައި ޓްރަމްޕް 10 އިންސައްތަ ނެގުމާ ދެކޮޅަށް އާބާދީ އިތުރުވަމުންދާއިރު، އަޑު އިވޭ އަދި މެކްޑޮނަލްޑް އައިލެންޑްސްގައި މިއަދު ހެނދުނު ދުވަހަކުވެސް ނުކުރާ ފަދަ މުޒާހަރާތަކެއް ކުރިއަށް އެބަދޭ،" މީމް ޝެއާކުރި މީހަކު ލިޔެފައިވެ އެވެ.
އެގޮތުން އެއްމެ މަޝްހޫރު މީމް އެއްގެ ގޮތުގައި ދައުރުވަމުންދަނީ ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް އަދި ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއި ދެމެދު ދެމެދު އޯވަލް އޮފީހުގައި ބަދަލުކުރެވުނު ހޫނު ބަހުިގެ ހަމަލާތަށް ބަދަލުކުރި ވީޑިއޯ އާއި ފޮޓޯ ތަކުގައި ޔޫކްރެއިންގެ ލީޑަރު ވޮލޮޑިމީރް ޒެލެންސްކީގެ ބަދަލުގައި ޕެންގުއިންއެއް ފެންނަ މީމް އެކެވެ.
advertisment
advertisment