ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް އައްޔަންކޮށްފައިވާ މުހައްމަދު އަނަސް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީސީބީގެ ރައީސްގެ މާގަމަށް އައްޔަނުކޮށްފައިވާ އަނަސް އަށް ރުހުން ހޯދުމަށްޓަކައި ރައިސުލް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮއްނުވި މައްސަލަ މަޖިލީހުގެ މިއަދު ޖަލްސާގައި މިއަދު ވަނީ އިއްވާފައެވެ. އެއަށްފަހު އެ މައްސަލަ ދިރާސާކުރުމަށްޓަކައި ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ޕީސީބީ ބޯޑުގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރީ ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. ހަމްދީ އަގީލް މަޤާމުން ވަކިކުރެއްވީ ފެބްރުއަރީ މަހުގެ 13 ގަ އެވެ.