ބޮލީވްޑްގެ މަޝްހޫރު ތަޖުރިބާކާރު ތަރިންގެ ދަރިން ބޮލީވްޑް އަށް ތަޢާރަފްވަމުންއަން ދުވަސްކޮޅެއްގައި ކާޖޮލް ގާތު އޭނާގެ އަންހެންދަރިފުޅު ބޮލީވްޑް އަށް ނިކުންނާނެ އިރަކާ ބެހޭގޮތުން ސްވާލުކުރުމުން ބުނީ އެނާ ފިލްމީ ދާއިރާއިން ނުފެންނާނެ ކަމަށެވެ.
ދާދި ފަހުން ނިއުސް 18 އަށް ދިން އިވެންޓެއްގައި ނައިސާ ބޮލީވުޑަށް ތައާރަފުވުމާ ބެހޭ ގޮތުން ކާޖޮލް އާއި ސުވާލު ކުރުމުން އޭނާ ވަނީ ހައިރާންކުރުވަނިވި ވާހަކަތަކެއް ދައްކާފަ އެވެ. ކާޖޮލް ބުނީ "ބިލްކުލް ނައި.. ނޫން، އައި ތިންކް.. ވޯ 22 ސާލް ކީ ހޯ ގަޔޭ ހޭ.. ހޯނޭ ވަލީ ހޭ އަބީ.. "ކީ ނައި އާނޭ ވަލީ ހޭ އަބީ" ކަމަށް އޭނާ ވިސްނައިފިހެން ހީވިއެވެ. ޔަގީނުންވެސް ނޫން. އޭނާގެ އުމުރަކީ މިހާރު 22 އަހަރު ކަމަށާއި، ބޮލީވްޑްއަށް ނިކުންނާނެ ނަމަ މިހާރު ނިކުމެއްޖައީސް ކަމަށާއި، އެހެންވީމަ ހީވަނީ އެނާ ބޮލީވްޑްއަށް ނުނިކުންނަން ނިންމާފައިވާ ކަމަށް ކަމަށެވެ.
އަލަށް ބޮލީވްޑް އަށް ތަޢާރަފްވާ ފަންނާނުންނަށް އެމީހުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމާއި ވަކިވަކި ޗޮއިސްތަކަށް އިސްކަން ދިނުމާ ބެހޭ ގޮތުން ކާޖަލް ދިން ނަސޭހަތަކީ އެންމެންގެ ނަސޭހަތް ނާހާށޭ، ސަބަބަކީ ކޮންމެ މީހަކު ވެސް އެމީހެއްގާތު ހިޔާލު އަހައިފި ނަމަ ކޮންމެ މީހަކުވެސް ތަފާތު ނަސޭހަތެއް ދޭނެ ކަމަށާއި އޭރުން އޮންނާނީ 100 ގޮތަށް ކަން ކުރަން ޖެހިފައި ކަމަށެވެ.
ކާޖޮލް ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއޮލޮޖިކަލް ބިރުވެރި ފިލްމު "މާ" އިންނެވެ. މި ފިލްމަކީ ނުޝްރަތު ބަރޫޗާ ލީޑް ރޯލުން ފެނިގެންދާ ބިރުވެރި ފިލްމު "ޗޯރީ 2″ ގެ ޑައިރެކްޓަރު ވިޝާލް ފުރިއާ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރޯނިތު ރޯއީ އާއި އިންދްރަނީލް ސެންގުޕްތާ ހިމެނެ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ.