އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލުން ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
ލީގުގެ ދެ ވަނައިގައި އޮތް އާސެނަލްއާ ކްރިސްޓަލް ޕެލަސް ކުޅުނު މެޗުން އެއްވަރުވުމުން ލީގު ހޯދަން ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އާސެނަލް މިރޭ މޮޅުވިނަމަވެސް ލިވަޕޫލް ދެން ކުޅޭ މެޗަކުން މޮޅުވެގެން ލީގު ކަށަވަރު ކުރެވޭނެއެވެ. ލީގު ހޯދަން އެންމެ ޕޮއިންޓެއް ލިވަޕޫލަށް ބޭނުންވާއިރު އެޓީމަށް ބާކީ 5 މެޗް އެބައޮތެވެ. ލިވަޕޫލަށް 33 މެޗުން ވަނީ 79 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލްއަށް 34 މެޗުން ލިބުނީ 67 ޕޮއިންޓެވެ. ލިވަޕޫލުން އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.