ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން އަނެއްކާވެސް ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފި އެވެ.
މި އަހަރު ބާއްވަން ހަމަޖެހިފައިވާ ސާޕް ޗެމްޕިއަންޝިޕް ފްޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ކުރިން ނިންމުމަށްފަހު، ފަހުން ވަނީ މިއަހަރު އެ މުބާރާތް ސްރީލަންކާގައި ސެންޓްރަލް މުބާރާތެއްގެ ގޮތުގައި ބާއްވަން ނިންމާފައެވެ. ނަމަވެސް އެ ފަހުން ވަނީ އެ މުބާރާތް އަންނަ އަހަރަށް ފަސްކޮސްފައެވެ.
މިހާރު އަނެއްކާވެސް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ އެ މުބާރާތާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ސާފް އިން ބުނެފައިވަނީ އަންނަ އަހަރަށް އެ މުބާރާތް ފަސްކުރީ ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމުގެ ބޭނުމުގައި ހޯމް އެންޑް އަވޭ އުސޫލުން އެ މުބާރާތް ބާއްވަން ވާން ޖެހޭ ތައްޔާރީތަކަށް އިތުރު ވަގުތު ދޭން ޖެހޭތީ ކަމަށެވެ.
އެ މުބާރާތް ބޭއްވުމުގައި މާކެޓިން ޕާޓްނަރުންގެ ނުފޫޒު ވަރަށް ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ސާޕްގެ މާކެޓިން ޕާޓްނަރ ކަމަށްވާ ޖަރުމަނުގެ ސްޕޯޓްފައިވް އިން ތިބީ ސެންޓްރަލައިޒްކޮށް ބާއްވާ ނަމަ އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި އެ މުބާރާތް ބާއްވަން ކަމަށާއި، ސަބަބަކީ ސްޕޮންސަރުން ހޯދަން ފަސޭހަ ވުމެވެ.
ސާފް ގެ ބަޔާނުގައި ބުނީ މެމްބަރު ގައުމުތަކަށާއި، މާކެޓިން ޕާޓްނަރު ޖަރުމަނުގެ ސްޕޯޓްފައިވް އަށް ގަބޫލުކުރެވުނީ މުބާރާތް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އިތުރު ކަންކަން ހުރުމުން، ބުއްދިވެރި ގޮތަކީ އަންނަ އަހަރަށް ފަސްކުރުން ކަމަށާއި، އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރުކަމުން، ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ވަގުތު ހޯދުމަށް ވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.