ބާކީ 4 މެޗް އޮއްވާ އިނގިރޭސި ޕްރިމިއަރ ލީގު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލުން ލީގު ކާމިޔާބުކުރީ ޓޮޓެންހަމާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. 5 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން މި މެޗް ކާމިޔާބުކުރި އިރު މެޗްގައި ލިވަޕޫލް ފެނުނީ ވަރަށް ތަފާތު މޮޅުކޮށެވެ. މި މެޗު އެއްވަރުކޮށްލައިގެންވެސް ލިވަޕޫލަށް ލީގު ކާމިޔާބުކުރެވޭނެއެވެ. އެއީ 2 ވަނަގައި އޮތް އާސެނަލް ކުޅޭ ހުރިހާ މެޗަކުން މޮޅުވެގެންވެސް ޕޮއިންޓްގެ ގޮތުން ލިވަޕޫލާ ހަމަނުކުރެވޭނެތީއެވެ.
ލިވަޕޫލަށް 34 މެޗުން ވަނީ 82 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލްއަށް 34 މެޗުން ލިބުނީ 67 ޕޮއިންޓެވެ.
ލިވަޕޫލް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި 2020 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ކޮވިޑްގެ ސަބަބުން ލިވަޕޫލް ސަޕޯޓަރުންނަށް ތައްޓާއެކު އުފާފާޅު ކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ 30 އަހަރަށް ފަހު ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސްމެ އެވެ.