ރާއްޖޭގައި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމަށް މިއަހަރުތެރޭ މަސައްކަތް ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތްކުރުމަށް ހާއްސަ ދާއިރާތަކެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ދާއިރާތަކެއް ކަމަށާއި އެ ފުރުޞަތު އެހެން ބަޔަކަށް ނުލިބޭނެ ކަމަށެވެ. މިގޮތުން ރިސޯޓުތަކުގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއްކަމަށް ކަނޑައަޅާފައިވާކަމަށާއި، މިކަން މޮނިޓާރކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރު ވަރަށް ބޮޑު ފޯކަސްއެއް ކުރާނަން ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމާއި އަދި ބިދޭސީންނަށް ވަޒީފާދޭއިރު، މަސައްކަތް ދެވިގެންދާ ހާލަތުގައި އެމީހުން ތިބީ ގާނޫނީ އިމުގެތެރޭގައިތޯ ޔަޤީންކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހްމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށެވެ. ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފުރުޞަތު މިދިޔަމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.





One Response
ޥަރައްރަގަޅުފިޔަވަޅެއްކަމައްފެނޭ މިނިސްޓާރއަޅުއްވަންއެވިދާޅުވީ އެޒަމާނުސުރެރާޖެގަ ދިވެހިންނައްހާއްސަފަޒީފާ އެބަހުރި ހިތާމައަކީބައެއްކުންފުނިތަކުން އެވަޒީފާތަކުގަވެސް ބޭރުމީހުން ޖާމިލުކުރާކަން