މުޒާހަރާކުރަން އެއްވާނެ ތަންތަން ގިނަކޮށް ޤަވާއިދު އަލުން ގެޒެޓް ކޮށްފިއެވެ.
ހޯމް މިނިސްޓްރީން ވަނީ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އަޑުއުފުލޭނެ 4 ސަހަރަހައްދެއް ކަނޑައަޅާފައެވެ. އެއީ
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
- އުސްފަސްގަނޑު ސަރަހައްދު
"ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، އިސްވެ ދެންނެވެނު މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ތިރީގައި މިދަންނަވާ ތަންތަން ކަނޑައަޅާ އިޢުލާނު ކުރަމެވެ." ގެޒެޓްކުރި އިއުލާންގައިވެއެވެ.
މީގެކުރިން ހުއްދަ ހޯދުމަކާ ނުލާ އެއްވެވެނީ ހަމައެކަނި ކާނިވާ ސަރަހައްދަށެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހު މާލޭ މަޖީދީ މަގުގެ އެކި ސަހަރައްދުގައި ސިލްސިލާކޮށް ވަނީ މުޒާހަރާތައް ބާއްވާފައެވެ. މި މުޒާހަރާތަކަށް ފުލުހުން ފުރުޞަތުދިން ނަމަވެސް ރޭގެ މުޒާހަރާ ވަނީ ރޫޅާލާފައެވެ. ސަބަބެއް ކަމަށް ފުލުހުން ބުނީ މަޖީދީމަގުގެ އެ ސަރަހައްދުގެ ވިޔަފާރިތަކަށް ހުރަސްއެޅުމާއި، އާންމު ދަތުރުފަތުރަށް ހުރަސްއެޅުމާއި، މިއަދު ފެށޭ އޯލަވަލް އިމްތިހާނަށް ތައްޔާރުވާ ކުދިންނަށް އުނދަގޫވުމެވެ.





One Response
ފފފފފފފފފފްްްސދފލފލފލޗޗމޗމޗޗމނ
Emplye of the month