Advertisement
BML Home 2nd Ad

މި އަހަރާއި އަަންނަ އަހަރު 2،130 މަޝްރޫއު ހިންގާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ 2،129 ވައުދު ފުއްދުމަށްޓަކައި ސަރުކާރުން މި އަހަރާއި އަންނަ އަހަރު 2،130 މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސްވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ 289 ވައުދުފުޅާއި، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި 1،051 ވައުދުފުޅާއި ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި 484 ވައުދުފުޅާއި، އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި 305 ވައުދުފުޅާއެކު ޖުމްލަ 2،129 ވައުދުފުޅެއް ވެވަޑައިގެންފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެމަނިކުފާނު އިތުރަށް ވިދާޅުވީ މުޅި ސަރުކާރުގެ އަމާޒު އޮތީ އެ ވައުދުފުޅުތައް ފުއްދުމަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަޒީރުންގެ ފެންވަރުގައާއި އެނޫންވެސް މަގާމުތަކަށް އައްޔަންކުރައްވާފައިވާ ހުރިހާ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވީ އެ ވައުދުފުޅުތައް ފުއްދެވުމަށްޓަކައި ކަމަށެވެ. އަދި އެއިން ކޮންމެ ވައުދުފުޅެއްގެ މަސައްކަތް ނިޒާމީ ގޮތެއްގައި ރައީސް އޮފީހުން ބަލަހައްޓަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިވައުދުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމެޓިކަލީ ލިސްޓުކުރެވިގެން މޮނިޓާކުރެވޭ ވައުދުތަކެއް. މިއިން ކޮންމެ ވައުދަކާ ބެހޭ ގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން، އަޕްޑޭޓު ނަގައި، މޮނީޓާކޮށް، ކަންކަން ފެސިލިޓޭޓުކޮށްދީ ހާސިލުވަމުންދާވަރު ބަލާ ވައުދުތަކެއް،" ރައީސް ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެ ވައުދުފުޅުތައް ފުއްދެވުމަށްޓަކައި މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2،130 މަޝްރޫޢު ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގެ ތަފުސީލު ރައީސް އާއްމުކުރެއްވިއެވެ.

މި އަހަރާއި އަންނަ އަހަރު ކުރިއަށްގެންދާނެ މަޝްރޫއުތައް:

ކުޅިވަރު: 551 މަޝްރޫއު، ކުނީގެ ނިޒާމުގެ: 153 މަޝްރޫއު، ސިއްހީ ދާއިރާގެ 131 މަޝްރޫއު، ސުކޫލު (ބިނާރު) 141 މަޝްރޫއު، ބޭންކިން ދާއިރާގެ 136 މަޝްރޫއު، އެހެނިހެން 72 މަޝްރޫއު، ކައުންސިލް އިދާރާގެ 116 މަޝްެރޫއު، މަގު ހެދުމުގެ 112 މަޝްރޫއު، ބަނދަރު ހެދުމުގެ 104 މަޝްރޫއު، ފުލުހުންގެ ހިދުމަތުގެ 95 މަޝްރޫއު، ފެނާއި ނަރުދަމާގެ 86 މަޝްރޫއު، ޕާކު ހެދުމުގެ 51 މަޝްރޫއު، މިސްކިތް އެޅުމުގެ 50 މަޝްރޫއު، ގޮނޑުދޮށް 46 މަޝްރޫއު، ބޯހިޔާވަހިކަމުގެ 37 މަޝްރޫއު، ބިން ހިއްކުމުގެ 42 މަޝްރޫއު، އައިޑީ ކާޑު ޕާސްޕޯޓު ހިދުމަތާ ގުޅޭ 33 މަޝްރޫއު، މަސްވެރިކަމުގެ 30 މަޝްރޫއު، އެއާޕޯޓުގެ 27 މަޝްރޫއު، މަތީ ތައުލީމުގެ 23 މަޝްެރޫއު، ފަތުރުވެރިކަމާ ގުޅޭ 10 މަޝްރޫއާއި، ފިއުލް ސްކިޑްގެ 20 މަޝްރޫއު، އިގުތިސާދީ 19 މަޝްރޫއާއި، ކަރަންޓާ ގުޅުންހުރި 26 މަޝްރޫއާއި 10 ބުރިޖެއްގެ މަޝްރޫޢާއި، ތިމާވެށީގެ 2 މަޝްރޫއަކާއި މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ 4 މަޝްރޫއަކާއި ފެރީ ނިޒާމާ ގުޅުންހުރި 3 މަޝްެރޫއެއް

ރައީސް ފާހަގަކުރެއްވި ގޮތުގައި މި އަހަރާއި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އަންނަނީ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add