މައިގަނޑު ސިޔާސަތަކީ ފުލެޓް ލިބުނު މީހުނަށް ލިބުނު ތަނަކުން ދޫކުރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ 4000 ފުލެޓަށް މިހާރު ހުށައަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ވައުދުވެފައިވާ ގޮތަށް ފުލެޓް ލިބުނު މީހުންނަށް ފުލެޓް ހަވާލުކުރައްވާނެކަމަށެވެ. އެކަން ވަރަށް ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން 4600 ފުލެޓް އެޅުމަށް ބަޔަކާ ހަވާލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ތަފްސީލް އަންނަނީ..