އެއްބަސްވުންތައް ހާމަނުކުރެވެނީ ކުރީސަރުކާރުން ހާމަނުކުރެވޭގޮތަށް މާއްދާތައް ހިމަނާފައިވާތީ: ރަައީސް

އެއްބަސްވުންތައް ހާމަނުކުރެވެނީ ކުރީސަރުކާރުން ހާމަނުކުރެވޭގޮތަށް މާއްދާތައް ހިމަނާފައިވާތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެކަމަށާއި ނަމަވެސް އެ އެއްބަސްވުންތައް ހާމަނުކުރެވެނީ އެއްބަސްވުން ހާމަނުކުރެވޭނެކަމަށް މާއްދާއެއް ކުރީގެ ސަރުކާރުން ހިމަނާފައިވާތީކަމަށް އެއަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވައުދުވީ ގޮތަށް އެއްބަސްވުން ހާމަކުރެވޭތޯ އެއެއްބަސްވުން ހަދާފައިވާ ޤައުމާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *