ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެމޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާލެ ސަރަހައްދުގައި ދެމެހެއްޓެނިވި، މާލީ މިނިވަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ އެމަރުކަޒު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ، އެމްއައިއެފްސީ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚައްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްބީއެސްގެ އިސް ބޭފުޅެއް ކަމަށްވާ ޝެއިހް ނާއިފް ބިން އީދު އަލް ސާނީ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ މަރުވާން އަލްހާޖެރީ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ސެންޓަރަކީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި މާލީ މިނިވަން ސަރަޙައްދެކެވެ. އަދި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.
މިއީ ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފަށާ މިފަދަ އެންމެ ބިޔަ މަޝްރޫޢު އެވެ.
ސަރުކާރުން ބުނި ގޮތުގައި ގިނަ ބޭނުންތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާާ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯ އެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށް ކަމަށެވެ.
ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
ދިވެހި ސަރުކާރާއެކު އެމްބީއެސްއާއި ދެމެދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ، ދިވެހި ސަރުކާރައި ޔޫއޭއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މާޅެ ސަރަހައްދުގައި މާލީ ވިޔަފާރީގެ މަރުކަޒެއް ތަރައްޤީކުރުމު އެއްބަސްވުމެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނެ ގޮތައް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ރަސްމީއްޔާތުގެ ތެރެއިން ދިވެހި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް ހިނގުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.




