ހެންވޭރުގައި ހުންނަ ގެއެއްގެ ފާޚާނާގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ
ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާޚާނާގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަަރަކާތްތެރިވަމުންދާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 46 އަހަރުގެ މީހެކެވެ. އެއީ ގ. ލަންކާ މުހައްމަދު މުފީދު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.