ހަނުހުރުމަކީ ޒީނަތްތެރިކަމެކެވެ.
ސުފްޔާނުއް ޘައުރީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ހަނުހުރުމަކީ ޢިލްމުވެރިޔާގެ ޒީނަތްތެރިކަމެވެ. އަދި ޖާހިލުމީހާގެ ޖާހިލުކަން ފޮރުވާކަމެކެވެ."
ޖާހިލު ތަނެއް ދޮރެއް ނޭނގޭ މީހަކުވެސް ހަނު ހުރެއްޖެނަމަ، އޭނާގެ ކިބައިގައި އެ ހުރި ޢައިބު، ޖާހިލުކަމުގެ ނުބައި ސިފަވެސް ވަންހަނާކޮށްދެއެވެ.
ހަނުހުރުމަކީ ޢައިބު ފޮރުވައިދޭ ކަމެކެވެ. ހަނުހުރުމަކީ ރައްކާތެރިކަމެކެވެ. ހަނުހުރުމަކީ ވަރަށް ގިނަ ދިރިއުޅުންތައް ނުރޫޅިވާ ސަބަބެކެވެ. ހަނު ހުރުމަކީ ވަރަށް ގިނަ ގުޅުންތައް ނުކެނޑިވާ ސަބަބެކެވެ. ހަނުހުރުމުގެ ފައިދާ ލިބިގަންނާށެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު