ޔުމްނުގެ ބަހެއް ހޯދަން ފުރުޞަތު ލިބުނުހާ އަވަހަކަށް އެކަން ކުރާނަން: ފުލުހުން

ޔުމްނުގެ ބަހެއް ހޯދަން ފުރުޞަތު ފުރުޞަތު ލިބުނުހާ އަވަހަކަށް އެކަން ކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ޔުމްނު އާ ސުވާލުކުރަން ފުރުޞަތު ލިބުނުހާ އަވަހަކަށް އެކަން ކުރަން ބޭނުންވާ ކަމަށެވެ.

"2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވެއެވެ. ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ. މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެކެވެ. އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ." ފުލުހުންގެ މެސެޖުގައި ވެއެވެ.

ޔުމްނުގެ އާއިލާއިން ރޭ ދިން ވީޑިއޯ ސްޓޭޓްމަންޓުގައި ބުނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހ ފެންޓޯނީ ގެއަކީ ރެންޑަމް ގެއެން ނޫން ކަމަށާއި އެރޭ އެ ގޭގައި އިތުރު 4 މީހުން ތިބި ކަމަށެވެ. މީގެއިތުން ޔުމްނު އެންމެ ފަހުން އާއިލާގެ މެންބަރުން ގާތު ބުނެފައިވާ ވާހަކައަކީވެސް ޔުމްނު އަށް އިންސާފު ލިބޭނެ ތޯއާއި އެކަމަކީ އޭނާ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށާއި އެކަމަކީ ބަޔަކު ކުރި ކަމެއް ކަމަށެވެ.

ޔުމްނުގެ އާއިލާއިން ވަނީ ތަހުޤީޤުގައި ފުލުހުން ދޮގު ހަދާފައިވާކަމަށް ތުހުމަތުކޮށްފައެވެ. ޔުމްނުގެ ތަހުޤީގުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުރި އަލީ ޝުޖާއުވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޔުމްނު ފަރުވާގައި އޮތް ހޮސްޕިޓަލަށް އެގައުމުގެ ފުލުހުން ފޮނުވައިގެން އޭނާގެ ބަޔާނެއް ޖެހިދާނެ. އަދި ދިވެހި ފުލުހުންނަށް އޮންލައިންކޮށްވެސް ވީޑިއޯ ކޯލް މެދުވެރިކޮށްގެންވެސޑ ޔުމްނު ގެ ބަޔާނެއް ނެގިދްނެ. ތި ދައްކަނީ ހަމަ ޖެހޭ ވާހަކަތަކެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *