ވަޒީފާއަށް ގަޑިޔަށް ޙާޟިރުވިޔަސް މުސާރަ ބަރާބަރަށް ލިބުނަސް އަދި ނުފުދެއެވެ.
ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދަކީ އަޅުކަންކުރުމެވެ. ޘަވާބާއި ދަރުމަ ލިބޭނީ އަޅުކަންކޮށްގެންނެވެ. ވަޒީފާއަށް ގަޑި ނުޖެހި ދެވޭތޯ ހާދަހާ ހިތްވަރެއް ތިބާކުރަމުއެވެ. ގަޑި އެލާމުކޮށްގެން ހޭލައިގެންނެވެ.
އެއަށްވުރެ ބޮޑު ހިތްވަރެއް ލާންވީ ފަރްޟު ފަސް ނަމާދު ޖަމާޢަތުގައި ކުރެވޭތޯއެވެ. ނަމާދުތައް އަޅާފައި މުޅި ޢުމުރު ވަޒީފާ އަދާކުރިޔަސް އެންމެ ފަހުން އެނބުރި ދާންޖެހޭނީ ހަމަ ހުސްއަތާއެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު