މޯލްޑިވްސް 2.0 މިހިނދަށް ބޭނުންވަނީ ކީއްވެ؟

މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫނެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
އިޤްތިސާދުގައި އައިސީޓީ ގެ ހިއްސާ %15 އަށް އިތުރުކުރުމަށް ކުރާނެމަސައްކަތްތައް ބަޔާންކުރާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ހަލުވި، އަވަސް، ދެފުށްފެންނަ، ލުއި ފަސޭހަ ޚިދުމަތް ފޯރުކޯށްދިނުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރާނެއެވެ.
ކާކުކަން އަންގައިދޭ ރަސްމީ ލިޔުންތަކާއި، ރެކޯޑްތަކާއި، ފައިސާ ދެއްކުމުގެ ނިޒާމުތަކަށް ރައްކާތެރި ކަމާއެކު ވާސިލްވުމަށް މަގުފަހިވާނެއެވެ.
ކިއުގައި މަޑުނުކޮށް، ކަރުދާހަށް ބަރޯސާނުވެ، ލުއިފަސޭހަ އަވަސް ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
އިންޓަރއޮޕަރަބަލް ނިޒާމުތަކުގެތެރެއިން ދައުލަތުގެ މުއައްސަސާތަކުގެހިންގުން ހަރުދަނާކޮށް ޚިދުމަތްތައް ވިލަރެސްކުރެވިފައިވާ އޮނިގަނޑެއްގެތެރެއިން ޚިދުމަތްތައް ދިނުމަށް މަގުފަހިވާނެއެވެ.
ޑޭޓާ އަދި ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު އެކަށައަޅާ ނިންމުންތައްނިންމުމަށް މަގުފަހޮކޮށްދީ ޚިދުމަތް ދިނުމުގެ ނިޒާމުތައްޒަމާނީކުރެވިގެންދާނެއެވެ.
ޒިންމާދާރު އަދި އެފިޝެންޓް މުއައްސަސާތަކަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫޢުއާއެކީ، ދިވެހިރާއްޖޭއަކީ ޚިދުމަތް ދިނުމުގައި އަދި ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ހުރިހާކަމެއް އެންމެ ފުރަތަމަވެސް ޑިޖިޓަލް ވިސްނުމުން ކުރުމަށް އިސްކަންދޭ ގައުމަކަށް ބަދަލުވެގެންދާނެއެވެޑިޖިޓަލް ފަސްޓް ގައުމުއެއްގެ ގޮތުގައި ދިވެހިރާއްޖެ ބްރޭންޑް ކުރެވިގެންދާނެ.
ދައުލަތުގެ މުއައްސަސާތަކަށް ކުރެވޭ އިތުބާރު އިތުރުކުރެވި ކޮރަޕްޝަން ނައްތާލުމަށް މަގުފަހިވާނެއެވެ.
ވިލުންތެރި އިޤްތިސާދެއް ބިނާކުރަން މަގުފަހިވާނެއެވެ.

މޯލްޑިވްސް 2.0 ގެ މައި އަސާސްތައް

ދެފުށްފެނުމާއި ހާމަކަން އިތުރުކުރުން އަދި ކޮރަޕްޝަން ނައްތާލުން – ޑިޖިޓަލް ސިސްޓަމްތަކަކީ އޭގެ ފެށުމުގައިވެސް ކޮރަޕްޝަން ނައްތާލުމަށް ބާރުއަޅާ އަދި ހާމަކަން އިތުރުކޮށްދޭ ދެފުށްފެންނަ ޑިޖިޓަލް ފަރުމާކުރުންތަކެއްކަން ޔަޤީންކުރުން.
ހުރިހާ ފަރާތްތަށް ޝާމިލުކުރުން – މުވާސަލާތީ ވަސީލަތްތަކާއި ތަރައްޤީގެ ތަފާތުތަކާއެކުވެސް، އެއްވެސް ފަރުދެއް، ގިންތިއެއް، ރަށެއް ބާކީ ނުކޮށް އެންމެންނަށް ޚިދުމަތްތަކަށް ވާސިލުވެވޭގޮތަށް ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތައް ފަރުމާކުރެވިފައިވާކަން ކަށަވަރުކުރުން
ގުޅިގެން މަސައްކަތްކުރުން – ވަކިވަކި ނުވަތަ 'ސައިލޯޑް' ސިސްޓަމްތަކުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގުޅާލެވިފައިވާ އިންޓަރއޮޕަރަބަލް ޑިޖިޓަލް ވިއުގަތަކުގެ އެހީގައި، ތަކުރާރުވާ މުއާމަލާތްތައް މަދުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭކަން ޔަޤީންކުރުން.
ޚިދުމަތް ހޯދާފަރާތް އިސްކުރުން – ދައުލަތުން ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތައް
ކަކީ ޚިދުމަތް ހޯދާ ފަރާތުގެ ނަޒަރިއްޔާއިން، އެފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، އުމުރުގެ ކޮންމެ މަރުހާލާއެއްގައިވެސް ހޯދަންބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭގޮތަށް 'ސިޓިޒަން ސެންޓްރިކް’ކޮށް ފަރުމާކުރެވިފައިވާ އަދި އެއްފުރާޅުކުރެވިގެން ދޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.
ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން – ޒާތީ މަޢުލޫމާތު ހިމާޔަތްކޮށް، ލޮޅުންތަކުން އަރައިގަނެ އިތުބާރު ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ވެށްޓެއް ބިނާކުރުމަށްޓަކައި މަޢުލޫމާތާއި ޑޭޓާ، ޑިޖިޓަލް އުމްރާނި ވަސީލަތްތައް އަދި އައިޑެންޓީގެ ނިޒާމުތަކުގެ ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކުރެވޭގޮތަށް ތަރައްޤީގެ މަސައްކަތްތައް ފަރުމާކުރުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން.
ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން – ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެޖެންޑާގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު މިންކުރުމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން.

މޯލްޑިވްސް 2.0 އެ މައްޗަށް ބިނާވެފައިވާ ތަނބުތައް

މި ސަމިޓުގައި ހުށަހެޅިގެންދާ ޑިޖިޓަލައިޒޭޝަންގެ ތަސައްވަރު އަދި މަގުޗާޓް ބިނާކުރިވިފައިވާނީ 8 ތަނބުގެ މައްޗަށް. ޑިޖިޓަލް އިންޤްލާބެއް ގެނައުމަށްޓަކައި އަސާސީ ގޮތުން ނުވަތަ ފައުންޑޭޝަނަލް ލެވަލްގައި ރަނގަޅުކުރަން ހުރި ކަންކަމަށް އިސްކަންދީގެން މި ދާއިރާގައި މަސައްކަތްތައް ތަރުތީބުކުރުމަށް:

1. ފުރަތަމަ ތަނބު: ފަހުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭގައުމީ ޑިޖިޓަލް އައިޑީ ސިސްޓަމްއަކާއެކު ރައްކާތެރި ޑިޖިޓަލް މުޢާމަލާތްތަކަށްމަގުފަހިކުރުން
2. ދެވަނަ ތަނބު: މުއައްސަސާތަކުގެ މެދުގައި ރައްކާތެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމުތައް ނުވަތަ ފަސޭހަކަމާއެކު ޑޭޓާ އެއް ސިސްޓަމުން އަނެއް ސިސްޓަމަށް ފޮނުވޭނެ އެކްސްޗޭންޖް ލޭޔަރ ގާއިމުކުރުން
3. ތިންވަނަ ތަނބު: ދިފާއުވެ ރައްކާތެރިވެވޭނެ ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން
4. ހަތަރުވަނަ ތަނބު: ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ އަދި ހައްޤުތައް ރައްކާތެރިކޮށްދޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައިއަމަލުކުރުން
5. ފަސްވަނަ ތަނބު: ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް އުމްރާނި ވަސީލަތްތައް، ސޮވަރިންގ ކަލައުޑް ހިމެނޭ ގޮތުގެ މަތިން ޤާއިމުކުރުން  
6. ހަވަނަ ތަނބު: ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން ފަރުމާކުރެވޭ އަދިއެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުން
7. ހަތްވަނަ ތަނބު: މުޅި ދައުލަތް ތަމްސީލުވާހެން އެކި ދާއިރާތަކަށް ޑިޖިޓަލީ ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން. މީގެ ތެރޭގައި 2025 ވަނަ އަހަރު ސިއްޙީ، ތަޢުލީމީ އަދި ފައިނޭންސްގެ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތަކަށް އިސްކަން ދިނުން  
8. އަށްވަނަ ތަނބު: އައި.ސީ.ޓީ ދާއިރާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކުރުމާއި އިޖާދީ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުން.

ހިންގުމުގެ އޮނިގަނޑު އިސްލާހުކުރުމާއެކު ގުޅިގެން މަސައްކަތްކުރުން  

މުއައްސަސާތަކުގެ އިސްތިރާޖުތައް މޯލްޑިވްސް 2.0 އާއޮ އެއްގޮތްކުރުން
ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާ ގުޅޭގޮތުން ހުރިހާ މުއައްސަސާތަކުން އެއްބަސްވެވޭ މިންގަނޑުތަކާއި ޕްރޮޓޮކޯލްތަކަށް އަމަލުކުރުން
މުއައްސަސާތަކުގެ މުވައްޒަފުންގެ ޑިޖިޓަލް ހުނަރަތައް ކުރިއަރުވާ މުސްތަޤްބަލަށް ތައްޔާރު މަސައްކަތުގެ އާބާދީ އެއް ބިނާކުރުން
ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ބާރުދޭ ޤާނޫނުތައް އަވަހަށް ފާސްކޮށް އަމަލުކުރަން ފެށުން
ދައުލަތުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުންފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެގޮތަށް ޚިދުމަތްތައް 2027ގެނިޔަލަށް އިންތިޒާމުކޮށް ނިންމުން
ސިއްހީ އަދި ތަޢުލީމީ ދާއިރާއަށް ޚާއްސަ އިސްކަމެއްދީގެން އެ ދާއިރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން
ރައްޔިތުން އެދޭ ނަތީޖާ ނެރުމަށް މުއައްސަސާތަކުން ޚިދުމަތުގެ ފެންވަރު އެކައަޅައި، ބިޒްނަސް ޕްރޯސަސްތައް ރިއިންޖިނިއަރކޮށް، އައިޓީ ސިސްޓަމްތަކަށް ބަދަލުގެނައުން
މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ސަރުކާރުގެ އިސްނެގުމާއެކު ހިންގަންފަށާ މަޝްރުޢެކެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *