އީލޮން މަސްކުގެ އިރުޝާދުގެ ދަށުން އެމެރިކާ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެތައްބަޔަކު މަރުވެދާނެކަމުގެ އިންޒާރު ބިލްގޭޓް ދެއްވައިފިއެވެ.
ބިލް ގޭޓްސް ގެންދަވަނީ އޭނާގެ އެކުވެރި ޓެކް ބިލިއަނަރު އެލޮން މަސްކް ޓްރަމްޕްގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝިއަންސީގައި ހުންނެވި ދުވަސްވަރު އެމެރިކާގެ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އަށް ދޭ ފައިސާ ބޮޑުތަނުން މަދުވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު މަރުވެދާނެ އެވެ.
ޓްރަމްޕްގެ ސަރުކާރުން ޔޫއެސްއެއިޑް އުވާލައި، ބޭރުގެ އެހީގެ މަސައްކަތްތައް ހުއްޓާލުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، މަސްކް ވަނީ އެ އެޖެންސީއަކީ ކޮރަޕްޓް ފަރާތްތަކަށް ކާންދޭ އެޖެންސީއެއް ކަމަށް ވިދާޅުވެފައެވެ. އަދި ފައިދާ ނުކުރާ ގިނަ ފަރާތްތަކަކަށް ކޮންޓްރެކްޓްތައް އެ އެޖެންސީން ދީފައިވާކަމަށްބުނެ ކޮންޓްރެކްޓްތައް ބާތިލްކުރުރަން ނިންމި ނަމަވެސް އެހީދޭ ޖަމިއްޔާތަކުން ފަންޑިން ކަނޑާލުމުން ކުރިމަތިވެދާނެ ނުރައްކާތެރި އަސަރުތަކާ ބެހޭ އިންޒާރުތަކާ އެކު، ބައެއް އެހީގެ ފައިސާ އަލުން އިއާދަކުރެވުނެވެ.
ހަގީގަތުގައި ވެސް އެކަން އޮތް ނަމަ އެކަމަށް އޭނާގެ ވަގުތާއި ތަޖުރިބާ ހާއްސަ ކުރުމަކީ ތައުރީފު ކުރާނެ ކަމެއް،" ސީއެންއެންގެ ފަރީދު ޒަކަރިއްޔާ އަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވިދާޅުވި އެވެ. "މި ބޭފުޅުންނަށް އަމާޒުކޮށްގެން އެކަން އުފެދިގެން ދިއުމަކީ ހީވެސް ނުކުރާ ވަރުގެ ކަމެއް، އޭގެ ތެރެއިން ބައެއް ފަންޑިން އަލުން އިއާދަކުރަން ޖެހޭ."
ގޭޓްސް ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ ސަރުކާރުތަކުން ހިންގާ ސިއްހީ ޕްރޮގްރާމްތަކަށް ބަޖެޓް ކަނޑާލުމުން މުޅި ދުނިޔެ އަށް މިހާރު ކުރިމަތިވެފައި ވަނީ "ގްލޯބަލް ހެލްތު އިމަޖެންސީ" އެއް ކަމަށެވެ. މައިކްރޮސޮފްޓްގެ ކޯފައުންޑަރ މިހެން ވިދާޅުވެފައިމިވަނީ އެ ޖަމިއްޔާ ބަންދުކުރުމުގެ ކުރިން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގޭޓްސް ފައުންޑޭޝަން މެދުވެރިކޮށް އޭނާގެ އަމިއްލަ މުއްސަނދިކަން "ވާޗުއަލްކޮށް ހުރިހާ" މުއްސަނދިކަމެއް ހިމެނޭ ގޮތަށް 200 ބިލިއަން ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ބުރާސްފަތި ދުވަހު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. އަދި މި ނިންމުމަކީ ދުނިޔޭގެ ޞިއްޙަތަށް އަންނަ ކުރިއެރުންތައް ހުއްޓުމަކަށް އައިސް، ނުވަތަ ދަށަށް ދާކަމުގެ ކަންބޮޑުވުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގޭޓްސް ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި މަސްކް އަމަލުތަކުގެ ސަބަބުން މިހާރު ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.
ގޭޓްސް ވަނީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ ސަރުކާރުން ޣައްޒާއަށް 50 ބިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބުނެ މަސްކް ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ. ޔޫއެސް އެއިޑަކީ މޮޔަ ކަމެއްގެ ގޮތުގައި މަސްކް ސިފަކުރެއްވައި ދެއްކެވި އިހާނެތި ވާހަކަތަކަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި ޔޫއެސް އެއިޑަކީ "ހީރޯސް" ގެ ގޮތުގައި ސިފަކުރައްވައި ގޭޓްސް ވަނީ ޔޫއެސްއެއިޑްގެ މަސައްކަތާ ގުޅިފައިވާ ޝަރަފަށް އަލިއަޅުއްވާލައްވައި، އަސްކަރިއްޔާގެ އިތުރުން މި މީހުން ނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ ތަމްސީލްކުރާ ބައެއް ކަމަށާއި، އެ މީހުންގެ ސިއްހީ ނިޒާމުތަކުން ބަލިމަޑުކަން މޮނިޓާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތްތެރިން ޑިމޮނިޓައިޒް ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރެއްވި އެވެ.
2000 ވަނަ އަހަރު ގޭޓްސް ފައުންޑޭޝަން އުފެދުނު ފަހުން މިހާތަނަށް 100 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފައިވާއިރު، ސިއްހީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި އެކި އަމިއްލަ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އެ ފައުންޑޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ބޭފުޅުންގެ މަސައްކަތުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓަކައި އާ ވެކްސިނާއި ޑައިގްނޯސްޓިކް ޓޫލްސް އަދި ފަރުވާ ފޯރުކޮށްދޭ ނިޒާމުތައް އުފެއްދުން ހިމެނެ އެވެ. ގޭޓްސް ވިދާޅުވީ މަސްކް އަކީ "ބައެއް ދާއިރާތަކުގައި ހުނަރުވެރި ބޭފުޅެއް ނަމަވެސް… ދުނިޔޭގެ ސިއްހަތަށް ބަލާއިރު، އެއީ އޭނާ އިސްކަންދެއްވާ ކަމެއް ނޫނެވެ.
މިއީ މަސްކް އާއި ގޭޓްސް އާ ދެމެދު ހިލޭ ސާބަހަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ހިޔާލު ތަފާތުވުން އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ގޭޓްސް ވަނީ ޓެސްލާގެ ސީއީއޯއަށް އޭނާގެ ޗެރިޓީ ކޮންޓްރިބިއުޝަން އިތުރުކުރުމަށް ވިސްނައިދިނުމަށް މަސްކަށް ޒިޔާރަތްކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ފައިދާއެއް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަސްކް ބުނެފައިވަނީ ގޭޓްސް އަކީ "އޭ-ހޯލް" އެއް ކަމަށެވެ.
ގޭޓްސް ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުތައް ހިމެނޭ ގޮތަށް ވައިޓް ހައުސްއިން އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މި ފުޅާ ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ ކަސްޓަމަރުންނަށް ޚަރަދު ބޮޑުވެ، އެމެރިކާގެ ވިޔަފާރިތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އަރާފާނެ ކަމުގެ ބިރު އެބައޮތްކަމަށްވެސް ގޭޓްސް ވިދާޅުވެފައިވެއެވެ.